އަންހެނަކު
ހިތްހަމަޖައްސައިދޭން ވަރަށް ކުޑަކުޑަ ކަމެއްވެސް ފުދޭނެއެވެ.
ކުޑަމިނުން ތިމާ ކައިރީގައި އޭނަ އެބައިންކަން އެނގި
އެކަމަށް ސަމާލުކަން ދީފިނަމަ އެ އަންހެނަކު ކޮންމެ އަހަރެއްގެ އެ ދުވަސް
ކުލަގަދަކޮށް ފާހަގަކުރަންވެސް ފަހެއް ނުޖެހޭނެއެވެ.
އަންހެނުންނަކީ އެހާވެސް ސާދާ ބައެކެވެ. އެހާވެސް ‘ފަސޭހަ’
ބައެކެވެ.
ތިމާއަށް "ސަމާލުކަން ނު ދިނުމަކީ އެވެރިންގެ ހުރިހާ
ޝަކުވާއެއްގެ މައިގަނޑު އަސާސެވެ.
ދެމަފިރިއަކު އެކުގައި ހޭދަކުރާ ކޮންމެ ވަގުތަކީވެސް
އަގުހުރި ވަގުތަކަށް ހެދުން ވަރަށް މުހިއްމެވެ.
އިޙްތިރާމްއަކީ ކޮންމެ އިންސާނަކަށްވެސް އޮންނަ ޙައްޤެކެވެ.
