އައްސަލާމް
ޢަލައިކުމް..!
ބަރަކާތްތެރި އަޟްޙާ
ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ހުރިހާ ކިޔުންތެރިންނަށް ފޮނުވަމެވެ.
މި ޙައްޖުމަހުން
ފާއިތުވެދިޔަ 9 ދުވަހު އަޅުގަނޑުމެން ކުރި އަޅުކަންތައް އަޅުގަނޑުގެ ކިބައިންނާއި
ތިޔަބޭފުޅުންގެ ކިބައިން ޤަބޫލުކުރެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވަމެވެ.
ޢީދުގެ ތަހުނިޔާ ތިހުރިހާ ފަރާތްތަކަށް ކިޔަން ހިތަށް
އެރުމުން ޚިޔާލެއް އައެވެ. ޢީދަކީ އަޅެ ކޮބައިތޯއެވެ. ނުވަތަ މުސްލިމުންނަށްޓަކައި
ޢީދަކީ ކޮބައިތޯއެވެ.
އާދެ، މުސްލިމުންނަށްޓަކައި ޢީދަކީ އިސްލާމް
ދީނުގެ އެންމެ މާތް ދެ ރުކުން ކަމަށްވާ ރަމްޟާން މަހުގެ ރޯދައިގެ ދުވަސްތައް
ނިމުމުން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޝުކުރުވެރިވުމުގެ ފުރުޞަތެއްގެ ގޮތުގައި
އަޅުގަނޑުމެންނަށްޓަކައި ލައްވާފައިވާ ފިޠުރު ޢީދު ދުވަހާއި ޙައްޖުގެ މާތް
މަތިވެރި އަޅުކަން އަދާކޮށް ނިމުމުން ﷲ އަށް ޝުކުރުވެރި ވުމުގެ ގޮތުން
ލައްވަވާފައިވާ އަޟްޙާ ޢީދު ދުވަހެވެ. ދެ ޢީދަކީވެސް ދީނުގެ ޚާއްޞަ ރުކުނަކާއި
ގުޅިގެން އަންނަ ދެ ޢީދެވެ. ނަމަވެސް ހިތާމައަކީ، މިފަދަ މާތް މުޤައްދަސް
ސަބަބަށްޓަކައި ލައްވަވާފައިވާ ޢީދުގައި އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓަންވީ
ގޮތް ގިނަބަޔަކަށް މިއަދު އޮޅިފައިވާތީއެވެ.

