އަޅެ އަހަރެން
ދޫކޮށް ދިޔައީހެއްޔެވެ......؟
ވަރަށް ދެރަވެ
ފެންކަޅިވެއްޖެއެވެ.
ގުޑާލަންވެސް
ނޭނގި ބަލަހައްޓައިގެން ހުރެވުނު އިރެއްވެސް ނޭނގެއެވެ.
ތިބާ އަހަންނާއި
ވަކިވެގެން ދިޔައީހެއްޔެވެ؟
މާދަމާގެ
ޢީދުގައިވެސް ބައިވެރިނުވެ ދިޔައީހެއްޔެވެ؟
އަޅެ ތިބާއާއި
ނުލައި އަހަރެން ދެން އުޅޭނީވެސް ކިހިނެއް ހެއްޔެވެ.؟
އެކުގައި 6
އަހަރު ހޭދަކުރީ ހާދަ ހިތްހަމަޖެހިގެންނެވެ.
އެންމެ
އެކަނިވެރިވަގުތުގައިވެސް، އެންމެ ހިތްދަތި ވަގުތުގައިވެސް،
އެއްވެސް
އެހީއެއް ވާނެ ފަރާތެއް ނެތް ވަގުތުތަކުގައިވެސް،
އެންމެ އުފާވެރި
ވަގުތުގައިވެސް، އެންމެ ޚާއްޞަ ވަގުތުތަކުގައިވެސް
މިހޭދަވި 6
އަހަރު ހޭދަކުރެވުނީ ތިބާ އާއިއެކުގައެވެ.
ތިބާ ނޫން
ބައިވެރިއަކު ނުގެންގުޅެމެވެ.
ތިބާ ވަނީ
އަހަރެންގެ ވަރަށް ޚާއްޞަ ރަޙްމަތްތެރިންނާއި ގާތް މީހުންނަށްވެސް ތަޢާރަފްވެ
ދަސްވެފައެވެ.
ތިބާއާއި
ބައްދަލުވުމަކީ އެމީހުންނަށްވެސް ލިބުނު ޝަރަފެކެވެ.
ތިބާއަކީ ޚާއްޞަ
ބައިވެރިއެކެވެ.
ތިބާއާއި ނުލައި
އަހަންނަށް ދެން އުޅެން އެނގޭނެހެއްޔެވެ؟
ތިޔަފަދަ ރީތި
ސިފައެއް ލިބިގެންވާ އެހެން ފަރާތެއް ދެން އަހަންނާއި ދިމާވާނެހެއްޔެވެ؟
އަޅެ އަހަންނަށް
ފަހަތަށް ނުޖެހެވުނު ނަމައެވެ.
ޖެހުމުގެ ކުރިން
ބަލާލެވުނު ނަމައެވެ.
މިފާއިތުވިހާ
ދުވަހު ތިބާ އަރިއަޅާލަފާނެ ކަމެއްވެސް ވިޔަނުދޭން ފަރުވާތެރިވީމެވެ.
އެކަމަކު ހަމަ އެންމެ
އިހުމާލަކުން އަހަންނާއި ތިބާގެ ގުޅުން އުމުރަށް ނިމުނީއެވެ.
އަހަންނަށް
މަޢާފް ކުރައްޗެވެ.
ވެއްޓި ޖެހުނު
ބާރުއަޑަށް އަހަންނަށް އެނބުރެވުނުއިރުވެސް މާ ލަސް ވެއްޖެއެވެ.
ބިންމަތީގަ
ޖެހުމާއެކު ތިބާއާއި އަހަރެންގެ ގުޅުން އުމުރަށް ކަފުން ކުރަން ޖެހުނީއެވެ.
ސައްތައިން
ސައްތަ އަހަރެންގެ ކުށެވެ.
އަހަންނަށް
މަޢާފް ކުރައްޗެވެ.
ޤަބޫލުކުރާށެވެ.
ތިބާއަށް ދިން މަޤާމެއް މި ހިތުން އެހެން އެއްވެސް ފަރާތަކަށް ނުދެވޭނެއެވެ.
ތިބާއަކީ
އަބަދުވެސް މި ހިތުގެ ވަރަށް ގާތް ބައިވެރިއެކެވެ.
އެކުގައި
އުޅުނުއިރު ވީފަދައިން ނެތް ތަނުގައިވެސް ލޯބިވާނަމެވެ.
ވެވޭނެއެވެ.
ތިބާއަކީ
ލާމަސީލު ނަމޫނާއެކެވެ.
ރީތި ސިފައެއް
ލިބިގެންވާ ޝާހީ ބައިވެރިއެކެވެ.
ހަނދާނެއްގެ
ގޮތުން އެކުގައި ދެތިން ފޮޓޯއެއް ނެގިފައިހުރިކަމަށްޓަކައި މިއަދު އުފާކުރަމެވެ.
އަހަރެންގެ ގާތް
މީހުންނަށް ތިބާގެ ވާހަކަ ކިޔައިދޭނަމެވެ.
ޖީލުތަކަށް
ދެމިގެންދާ ވާހަކައަކަށް އެ ވާހަކަތައް ވާނެއެވެ.
އެހާވެސް ތިބާ
ޚާއްޞައެވެ.
އަލްވަދާޢު އެވެ.
އެހެނަސް ދެރަވެ
ރޮވިފައެވެ.
ނިމުމެއް ނެތް
ލޯތްބަކާއެކުގައެވެ.
--------------------------(ލިޔުނީ:
ފަތިސްތަރި / 1 ޝައްވާލް 1433 ) --------------------------------