Wednesday, April 8, 2015

A letter from "That Kid" to the Teacher






މިސް "އެ ދަރިވަރު" އާއި ހެދި އުނދަގޫވެގެން އުޅޭތަން އަޅުގަނޑަށް ފެނެއެވެ. ދުވަސް ނިމިގެން ގެއަށް ދާން މިސް ނުކުންނައިރު ވެފައި ހުންނަ ވަރުބަލިކަން އަޅުގަނޑަށް ފެނެއެވެ. އެ ކުއްޖާއާއި ވަކިވުމުގެ ސަލާމް ކޮށް ޓާޓާ ކިޔާލާއިރު މިސްއަށް އެ ލިބޭ ހަމަޖެހުން އަޅުގަނޑަށް ފެނެއެވެ.

އެއީ މައްސަލައެއް ނޫނެވެ. އެހުރިހާ ހިތްހަމަނުޖެހުމެއް ބޭރުކޮށްލާށެވެ. އެ ނިމިގެން ދިޔައީ ދަތި އުނދަގޫ ދުވަހެކެވެ.
މިސްގެ ބަސްތައް އަޅުގަނޑު އަޑުއަހަމެވެ. ސައިކޮޓަރީގައި އެހެން މިސްމެންނާއެކު ވާހަކަ ދައްކާއިރު، އެއްކަލަ ކުއްޖާގެ ސަބަބުން މިސްއަށް ލިބޭ އުނދަގުލުގެ ވާހަކަ މިސް ދައްކާ އަޑު އަޅުގަނޑު އަޑުއަހަމެވެ. ހަމަ އެގޮތަށް، މިދިޔަ އަހަރު އެ ކްލާހުގެ ޓީޗަރަކަށް ހުންނެވި މިސްވެސް ހަމަ އެގޮތަށް އެ ވާހަކަ ދައްކާއަޑު އަޅުގަނޑު އަޑުއަހަމެވެ. މިސްއަށްވެސް އެ އަޑުތައް އިވިފައި ހުންނާނެކަން ޔަގީނެވެ. އެ ކުއްޖާގެ ސަބަބުން އުނދަގޫވަނީ މިސްއަށް އެކަނި ނޫންކަން އެނގުނީމަ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްވެސް މިސްއަށް ލިބެއެވެ. ނޫންހެއްޔެވެ؟

Wednesday, April 1, 2015

Those Innocent Eyes



ހިތުގެ ހަމަޖެހުމަކީ އެ މަޢުސޫމު ހިނިތުންވުން ތަކެވެ. އުރުވާހިތުން އައިސް ފައިގައި ބައްދައިގެން ދޫނުކޮށް އެ ޖަހާ ކުސްތަކެވެ. ފެނުމާއެކު އަތުގަ އޮންނަ އެއްޗެއް ވިއްޔާ ހޫރާލާފައިވެސް ދުވެފައި އެ އަންނަ ގޮތެވެ. ފުށެއް ސެންޓެއް ނުލާ ހުންނަ އިރުވެސް އެ ދުވާ މީރުވަހެވެ. އެ ކުޑަކުޑަ އަތުން މޫނުގައި ހިފާ "ކޮއްކޮއަށް ބަލާބަލަ" އޭ ބުނާ މާނައަކުން އެ އަނބުރާލާ ގޮތެވެ. ހަތަރުކަޅި ހަމަވުމާއެކު ރަކިގޮތަކަށް އެ ހީލާ ގޮތެވެ. "އުއްމަ"އެއް ދޭން އެ ބައްދާލާ ގޮތެވެ. ކަޅު ރޭގަނޑެއްގެ ތަރިއެއްފަދައިން ވިދަ ވިދާ ހުންނަ ކަޅުކަން ގަދަ އެ ދެ ލޮލުން އެ ބަލާލާ މަޢުސޫމް ގޮތެވެ. އަޅެ ނޫންހެއްޔެވެ؟

ކޮންފަދަ ބޮޑު ރަޙްމަތެއް ހެއްޔެވެ؟ ކޮންފަދަ ބޮޑު ނިޢުމަތެއް ހެއްޔެވެ؟ ކޮންފަދަ އޯގާވަންތަ ކަލަކުތޯއެވެ؟
ދުޅަހެޔޮ ސިއްޙަތެއްގައި ބޮޑުވާ ދަރިއަކު އަހަރެމެންނަށް މާތް ކަލާނގެ ދެއްވުމަށްވުރެ ބޮޑު ނިޢުމަތެއް ވާނެހެއްޔެވެ؟
ހިނގާށެވެ. އަތުކުރި އޮޅާލަމާހެއްޔެވެ؟

މި ދަރިފުޅު ހުރިހާ ނުބައި ކަމަކާއި ފަސާދައަކުން ދުރުކުރަން ޢަޒުމް ކަނޑައަޅަމާ ހިނގާށެވެ. މި ދަރިފުޅަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދީގެން، އަނެކުންގެ އިހްސާސްތައް ނުދަންނަ ކުއްޖަކަށް ހެދުމުގެ ބަދަލުގައި، މެދުމިންވަރަށް ރުހި ޤަބޫލުކުރާ ކުއްޖެއްކަމުގައި ހަދަމާ ހިނގާށެވެ. ރީތި އަދަބާ ރީތި އަޚްލާޤުން ޒީނަތްތެރިވެފައިވާ ކުއްޖަކަށް ހަދަމާ ހިނގާށެވެ. މުސްތަޤްބަލުގައި މި ދަރީގެ ވާހަކަ ބަޔަކު ދައްކާއިރު ތިމާ ފަޚުރުވެރިވާނެފަދަ ދަރިއަކަށް މި ދަރިފުޅު ހަދަމާ ހިނގާށެވެ.

ދަތިދުވަސްތައް ގިނައެވެ. ބޭނުންވާ އެއްޗެހި ގިނައެވެ. ދާން ބޭނުން ތަންތަންވެސް ވަރަށް ގިނައެވެ. ކުރަންބޭނުން ކަންތައްވެސް ވަރަށް ގިނައެވެ. އެހެނަސް އެކަންކަން ނުވުމުގެ ޒިންމާ މި ދަރިފުޅުގެ ބޮލުގައި ނާޅުވަމާހެއްޔެވެ؟ އެ ވާހަކަތައް ތާ އަބަދު މި ދަރިފުޅަށް ކިޔާނުދެމާހެއްޔެވެ؟ މި ތުއްތު ސިކުނޑިއަށް އެ ހުރިހާ އެއްޗެއް ނުވިސްނޭނެއެވެ. ނުތަނަވަސް ހިތެއްގެ ވެރިއަކަށް ހެދުމުގެ ބަދަލުގައި ތަނަވަސް ހިތެއްގެ ވެރިއަކަށް މި ދަރިފުޅު ހަދަމާ ހިނގާށެވެ.

ހެނދުނު ހޭލާއިރު އުރާލާ ބައްދާލާށެވެ. ގިނަގިނައިން މަންމަ ލޯބިވާ ވާހަކަ ބުނާށެވެ. މަންމަ އަބަދުވެސް ދަރިފުޅާއެކު ހުންނާނެ ވާހަކަ ބުނާށެވެ. މަންމަ ދަރިފުޅަށް އަބަދުވެސް އެހީވާނެ ވާހަކަ ބުނާށެވެ. ދަރިފުޅު ބަސް އަހާތީ މަންމަ އުފާވާ ވާހަކަ ބުނާށެވެ. ގިނަގިނައިން އެކުގައި ކުޅެ ސަމާސާކޮށް އުރާލާ ބައްދާލާ ހަދާށެވެ. މަންމަ ހުންނަން ޖެހޭ މަޤާމްތަކާއި، ވަގުތު ތަކާއި، ދުވަސްތަކުގައި ވީ ވަރަކުން ބަދަލުގައި އެހެން މީހަކު ނުބަހައްޓާ ވޭތޯ ބަލާށެވެ.

ތިމާ އުޅެންބޭނުންވާ ދިރިއުޅުމުގަ އުޅެން މި ދަރިފުޅު ޤުރުބާން ނުކުރަމާ ހިނގާށެވެ.
ދުނިޔޭގެ ހުރިހާ ކުޅޭ އެއްޗަކާއި ރީތި ކުލަތަކާއި މީރު ކެއިންބުއިމަށްވުރެ މި ދަރިފުޅަށް ބޭނުންވަނީ މި ދަރިފުޅުގެ މަންމައެވެ.

ނިކަމެތިކަމާއި އުނިކަން އިހްސާސްކޮށްދިނުމުގެ ބަދަލުގައި، ރަނގަޅު މަގުން ދަނީނަމަ، ބޭނުންކޮންމެ އުސްމިނަކަށް ދިއުމުގެ ޤާބިލުކަން ހުރި ކުއްޖަކަށް ހަދަމާ ހިނގާށެވެ.

މި ތުއްތު ދަރިފުޅުގެ ތުއްތު ދުވަސްތައް ނަގާނުލަމާހެއްޔެވެ؟ އުފާއުފަލުން ތަރިހަނދަށް ބަލާ، ގަސްގަހާ ގެހީގެ ފަތްތަކާ ކުޅެން ޝައުޤުހުންނަ، ބުޅަލާއި ކާޅުގެ ގޮވުންތަކުގެ ފަރަޤު ދަންނަ ކުއްޖަކަށް ހަދަމާ ހިނގާށެވެ.

މަސްމަހާއި މޫދުގެ ނިޢުމަތާމެދު އާޝޯޚްވެ ބަލަންއެނގޭ، މާމެލާމެއްޔަކީ ރީތިކޮށް ގެންގުޅެންޖެހޭ އެއްޗެއްކަން ދަންނަ ކުއްޖަކަށް މި ދަރިފުޅު ހަދަމާ ހިނގާށެވެ. މި ހުރިހާ ކަމަކުން  ލޯތްބާއި ރީތިކަންކަން ދަންނަ ކުއްޖަކަށް މި ދަރިފުޅުވާނެކަން ޔަގީނެވެ. އަނެކުންނަށް އޯގާތެރި ދަރިއަކަށް މި ދަރިވާނެކަން ޔަގީނެވެ.

ގިނަގިނައިން ހިނިތުންވާ، އެހެން ކުދިންނާއި ގުޅޭ، ލޯބި ލިބިގެން ބޮޑުވާ ލޮބުވެތި ކުއްޖަކަށް މި ދަރިފުޅު ހަދަމާ ހިނގާށެވެ.

އަހަރެމެންގެ މި މަސައްކަތަށް ތައުފީޤް ދެއްވާށި. އާމީން !

(ނިމުނީ)
★★★★★★★★★★★★



Wednesday, October 29, 2014

މަންމަގެ ލޯތްބަކީ މި ދުނިޔޭގައިވާ އެންމެ މާތް އެންމެ ޠާހިރު ލޯތްބެވެ.!

މިއީ ވަގުތު.އެމްވީ އަށް ޝަފްނާ ހުސައިން މިއަދު ލިއުއްވާފައިވާ ޚަބަރެކެވެ. މި ޚަބަރުން އަހަރެންގެ ސަމާލުކަން އެންމެ ބޮޑަށް ދަމައިގަތީ ރައިހާނާ އޭނަގެ މަންމައަށް ބުނެފައިވާ ބަސްތަކެވެ. ތަކުރާރުކޮށް ކިޔުނެވެ. އެ ތަހުޒީބު، އެ ތަރުބިއްޔަތު، އެ ވިސްނުން، އެ ހިތްވަރާއި ހެއްދެވި ފަރާތަށް އޮތް ޔަޤީންކަމާއި އިތުބާރު، އެ ކެތްތެރިކަމާއި ނިޔަނެތިކަން.....އަހަރެންގެ ހިތަށް އަސަރުތަކެއް ކުރުވިއެވެ.

ތިޔަ ހުރިހާ ކިޔުންތެރިންވެސް ކިޔާލުން ކޮންމެހެންވެސް މުހިއްމު ކަމަށް ދެކޭތީ،
މިތަނުގައި ޙިއްސާ ކޮށްލަމެވެ.

އަހަރެމެން ކޮންމެ ދަރިއަކީވެސް މިފަދައިން މަންމައަށް ހެޔޮބަސްތައް ބުނާ، މަންމަދެކެ ލޯބިވާ އަދި މަންމައަކީ ދުނިޔޭގެ ހުރިހާ ރީތި ބަސްތަކެއްގެ ޙައްޤުވެރިޔާ ކަމުގައި ހަދާނެނަމަ އަހަރެމެން ހާދަ ފުރިހަމަވީހޭ ހިތަށް އަރައެވެ. 
******************************************

ދަންޖެއްސުމުގެ ކުރިން ރައިހާނާ ވަސިއްޔަތްކުރީ ގުނަވަންތައް ބޭނުން ޖެހިފައިވާ މީހުންނަށް ހަދިޔާކުރަން


މިމަހުގެ 25 ވަނަ ދުވަހު ގަސްދުގައި މީހަކު މެރި ކަމުގެ ކުށުގައި އީރާނުގައި ދަންޖައްސާ މަރާލި ރައިހާނާ ޖައްބާރީ މަރުވުމުގެ ކުރިން އޭނާގެ މަންމައަށް ވަނީ ބޮޑު ވަސިއްޔަތެއް ކޮށްފައެވެ.
އޯޑިއޯ މެސެޖެއްގެ ޒަރީއާއިން ރައިހާނާގެ ފަހު ނޭވާ ދޫކޮށްލަމުން އޭނާގެ މަންމަގެ ކިބައިން އެދިފައި ވަނީ އޭނާގެ ހުރިހާ ގުނަވަންތަކެއް ބޭނުން ޖެހިފައިވާ މީހުންނަށް ހަދިޔާ ކުރުމަށެވެ. މިމެސެޖު ދިން އިރުވެސް ރައިހާނާގެ އަޑުގައި ހުރީ މަޑުމައިތިރިކަން ކަމުގައި ޚަބަރުތައް ބުނެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ރައިހާނާ ދަންޖައްސާފައި ވަނީ ފަސް އަހަރު ޖަލުގައި ބޭންދުމަށް ފަހުއެވެ.
މީހަކު މެރި ކަމުގެ ތުހުމަތުގައި ރައިހާނާ ހައްޔަރުކޮށްފައި ވަނީ 2007 ވަނަ އަހަރު އިރާނުގެ އިންޓެލިޖެންސް އޮފިސަރެއްގެ ބުރަކަށްޓެއް ވަޅި ހަރާ މަރާލުމުންނެވެ. އޭރު އޭނާގެ އުމުރުން 19 އަހަރެވެ. ނަމަވެސް ރައިހާނާ ވަނީ އޮފިސަރު ގަޔަށް ވަޅި ހެރީ އޭނާ ރޭޕް ކުރަން އުޅުމުން ސަލާމަތްވުމަށް ކަމަށް ބުނެ ދައުވާއަށް އިންކާރު ކޮށްފައެވެ.
ތިރީގައި މިވަނީ ރައިހާނާ އޭނާގެ މަންމައަށް ކުރި އަސަރުގަދަ ވަސިއްޔަތުގެ ތަރުޖަމާއެވެ.
"ލޯބިވާ މަންމައަށް
މިއަދަކީ އަހަރެންގެ ކިބައިން ޤިޞާޞް ހިފޭ ދުވަސްކަން އަހަންނަށް އެނގިއްޖެ. އަހަރެން ދެރަވަނީ އަހަރެންގެ ހަޔާތުގެ އެންމެ ފަހު ޞަފްހާ ނިމެނީކަން އަހަރެން ގާތު ބުނާ މީހަކީ މަންމަ ނޫން ވީމަ. އަހަންނަށް އެވަރު އެގެން ޖެހޭނެ ނޫންތަ މަންމާ؟ މަންމައަށް އެނގޭތަ އަހަރެން މަންމަ ދެރަކޮށްފި ކަން އެނގުމުން އަހަރެންގެ އަމިއްލަ ނަފުސު ދެކެ ދެރަވެ ލަދުގަންނަ ވަރު؟ މަންމަ ކީއްވެ އަހަރެން މަރުވުމުގެ ކުރިން މަންމައާއި ބައްޕަގެ އަތުގައި ބޮސް ދިނުމުގެ ފުރުސަތު ނުދިނީ؟
އަހަންނަށް ދުނިޔޭގައި އުޅެން ލިބުނީ 19 އަހަރު. އެ ތޫފާނީ ރެޔަކީ އަހަރެން މަރުވާން އޮތް ރޭ. އަހަރެން މަރާލުމަށްފަހު އަހަރެންގެ ފުރާނަ ނެތް މަސްގަނޑު މަގެއް މައްޗަށް އެއްލާލަފަ އޮންނާނެ ރޭ. އޭގެ ދުވަސް ކޮޅެއް ފަހުން މަންމަ ގެންދާނެ އަހަރެންގެ ހަށިގަނޑު ދެނެގަތުމަށް. އޭރުން މަންމައަށް އެނގޭނީ އަހަރެން މަރާލާފައި ވަނީ ރޭޕުވެސް ކޮށްފައި ކަން. އެކަމަކު ދުވަހަކުވެސް އެޢަމަލު ހިންގި މީހެއް ނުހޯދޭނެ. އެއީ އެމީހުން އަތުގަ ފައިސާ ގިނަވެފަ އެމީހުންގެ ބާރު ގަދަވީމަ. އޭރުން މަންމައަށް ޖެހޭނީ ލަދުން އިސްޖަހާލައިގެން ދުނިޔޭގައި އުޅެ ނިމިދާން.
އެހެން ނަމަވެސް، މިއަދު މުޅި ވާހަކަ މިއޮތީ ބަދަލުވެފަ. އަހަރެންގެ ހަށިގަނޑު އެއްލާލީ މަގުމައްޗަކަށް ނޫން. އަހަރެންގެ ހަށިގަނޑު އެއްލާލީ ޖަލުގެ ތޭރި ތަކުގެ ފުރަގަހަށް. މިހާރު ޝަރީޢަތުގެ ކުރިމައްޗަށް. އެކަމަކު މިއީ ނަސީބުގަ ހުރިގޮތް. މިކަމާ ޝަކުވާ ނުކުރާތި. މަންމައަށް މާރަނގަޅަށްވެސް އެނގޭނެ މަރުވުމަކީ އަދި ނިމުން ނޫންކަން.
އިންސާނަކު ދުނިޔެއަށް އަންނަނީ ތަޖުރިބާތަކެއް ކުރުމަށްފަހު އެތަޖުރިބާއިން ފިލާވަޅުތަކެއް ދަސްކުރުމަށް ކަމުގައި އަހަންނަށް ބުނެދިނީ މަންމަ. އަދި ދަރިއަކު އުފަންވުމާއިއެކު އެހެން މީހުންގެ ކޮނޑުގައި އިތުރު ޒިންމާއެއް އެޅިގެން ދާނެކަން ދަސްކޮށްދިނީ މަންމަ. އަހަންނަށް ދިރިއުޅުމުން ދަސްވީ ބައެއް ފަހަރު ކަމެއް ހާސިލު ކުރުމަށް ހަނގުރާމަ ކުރަން ޖެހޭނެކަން. އަދި އަގެއް ދެމެހެއްޓުމަށްޓަކައި ޤުރުބާނި ތަކެއް ވާން ޖެހޭކަންވެސް ދަސްކޮށްދިނީ މަންމަ.
މަންމަ އަހަންނަށް ދަސްކޮށްދިނީ އަހަރުމެން ސްކޫލަށް ގޮސް ކިޔަވަނީ، ކުރިމަތިވާ ދެބަސްވުންތަކުގައި ބަސްބުނުމުގައި ހަރުދަނާ އަންހެނެއްގެ ގޮތުގައި ޖަވާބުދާރީވާން ދަސްކުރަން ކަން. މަންމަ އަހަރެމެންގެ އުޅުން ބަހައްޓަން ޖެހޭނެ ގޮތް ކިޔައިދީ އެގޮތަށް އުޅުމަށް ބާރު އެޅި މިންވަރު ހަނދާން އެބަހުރިތަ؟ އެކަމަކު މަންމަގެ ތަޖުރިބާ މުޅިން ގޯސް. މިހާދިސާއަށް ފަހު އަހަރެން ކިޔެވި އެއްވެސް އެއްޗެއްގެ އެއްވެސް ފައިދާއެއް އަހަންނަކަށް ނުކުރި. ކޯޓަށް ހާޒިރު ކޮށް އަހަންނަކީ ރަހުމެއް ނެތް ޤާތިލަކަށް ހަދައިފި. އެކަމަކުވެސް އަހަރެން ކަރުނައެއް ނާޅަން. އާދޭހެއް ނުކުރަން. އަހަރެން ހަލާކުވަންދެން ނުރުއީ ޤާނޫނަށް އިތުބާރު އޮތީމަ.
އެކަމަކު މިއަދު އަހަރެންގެ މައްޗަށް މިއޮތީ އެއްވެސް އިންސާފެއް ނެތް ގޮތަށް ހުކުމްކޮށްފަ. އަހަރެން މިއީ މަދިރި އެއްވެސް މެރި މީހެއް ނޫން. ކުރަފި ވެސް ނުމަރަން ވެގެން އޭގެ ނަރުވާގަ ހިފައި ބޭރަށް އެއްލާލާ މީހެއް. އެކަމަކު މިއަދު އަހަންނަކީ ޤާތިލެއް. އަހަރެން ޖަނަވާރުންނާ މެދު ޢަމަލު ކުރި ގޮތް ވެގެން ދިޔައީ އަހަރެން ފިރިހެނެއް ގޮތަށް އުޅެން ކުރި ކަމަކަށް. އެކަމަކު ޤާޒީ ބަލާކަށް ބޭނުމެއް ނުވި ހާދިސާ ހިނގި އިރު އަހަރެންގެ ހުރީ ރީތިކޮށް ޕޮލިޝް ކުރެވިފަ ހުރި ނިޔަފަތިތަކެއް ކަންވެސް.
ފަނޑިޔާރުންގެ ފަރާތުން އިންސާފު ލިބޭނެ ކަމަށް އުންމީދު ކުރުމަކީ ކިހާ ވަރެއްގެ ކުށެއް ބާ؟ ފަނޑިޔާރު ދުވަހަކުވެސް އަހަރެން ގާތު ނާހަ ބޮކްސިންގ ތަޅާ މީހެއްގެ އަތް ހުންނަ ގޮތަށް އަހަރެންގެ އަތް ހަރުވެފަ ނުހުންނަނީ ކީއްވެތޯ އެއް. މިއޮއް ހުރިހާ ދުވަހު މަންމަ އަހަރެންގެ ހިތުގައި މިޤައުމަށް އުފެއްދި ކުލުނާ ލޯބީގެ އެއްވެސް ބޭނުމެއް ނެތް. މިޤައުމުގަ އަހަރެން ބޭނުން މީހަކު ނެތް. އަނިޔާވެރިންގެ އަނިޔާތަކުގެ ވޭނުން އަހަރެން ރޮމުން ހަޅޭއްލަވަމުން ދިޔަ އިރު އަހަންނަށް ހިތްވަރު ދިން މީހަކު ނެތް.
އަހަރެންގެ ބޯ ބާލައި އަހަރެންގެ ހަށިގަނޑުން ރީތި ކަމުގެ އެންމެ ފަހު ސިފަވެސް ދުއްވާލުމަށް ފަހު އަހަންނަށް ލިބުނު ހަދިޔާ އަކީ 11 ދުވަސް ވަންދެން އެކަނި މާ އެކަނި ބަންދު ގޮޅިއެއްގަ އިނުން.
ލޯބިވާ މަންމާ. މިވާހަކަތައް އަޑު އަހާފަ ނުރޯތި. އަހަރެން ހައްޔަރު ކޮށްގެން ގެނެވުނު ފުރަތަމަ ދުވަހު އުމުރުން ދުވަސްވެފައި ހުރި ހުސްހަށިބައި ފިރިހެން ފުލުހަކު އަހަންނަށް އަނިޔާކުރި. އެދުވަހު އަހަންނަށް އެނގުނު މިގަރުނުގައި ރީތި ކަމުގެ އެއްވެސް އަގެއް ނެތްކަން. އަހަރެންގެ ލޯބިވާ މަންމާ! އަހަރެން ޤަބޫލު ކުރަމުން އައި ހުރިހާ ޤަބޫލު ކުރުމެއް މިހާރު ބަދަލު ވެއްޖެ. އެކަމަކު އެކަމުގެ ޒިންމާ މަންމަ އުފުލާކަށް ނުޖެހޭނެ. އަހަރެން އަހަރެންގެ ހިތުގަ ހުރި ހުރިހާ ވާހަކައެއް އެހެން މީހަކަށް މިކިޔާދެނީ އަހަރެން ދަން ޖެއްސުމަށްފަހު މިވާހަކަތައް މަންމައަށް ފޯރާނެތީ. އެކަމަކު މިއީ ނިމުމެއް އޮތް ވާހަކަ ތަކެއް ނޫން. އަހަރެން ވާނީ އަހަރެންގެ އަތުން ލިޔެފައިވާ އެތައް އެއްޗެއް މަންމައަށް ޓަކައި ދޫކޮށްފަ.
އެކަމަކު އަހަރެން މަރުވުމުގެ ކުރިން މަންމަ ގާތު ވަރަށް ބޮޑު ކަމަކު ކިޔަންވެފަ އެބަ އޮތް. މަންމަ ކޮންމެ ގޮތަކުންވެސް އަހަންނަށް މިކަން ކޮށްދޭތި. މިއީ އަހަރެން މަންމަގެ ފަރާތުންވެސް އަހަރެންގެ ޤައުމުގެ ފަރާތުންވެސް ބޭނުންވާ ހަމައެކަނި ކަމަކީ. އަހަންނަށް އެނގޭ މަންމައަށް މިކަން ކުރަން ވަގުތު ނަގާނެ ކަންވެސް. މަންމަ ނުރޮއެ މިވާހަކަ އަޑު އަހާތި. އަހަރެން ބޭނުމީ މަންމަ ކޯޓަށް ގޮސް އެމީހުން ގާތު އަހަރެންގެ ވަސިއްޔަތް ބުނަން. އަހަންނަށް ޖަލުގަ އިނދެގެން ޖަލުގެ އިސް އޮފިސަރު ބަލައިގަންނަ ވަރުގެ ސިޓީއެއް ނުލިޔެވޭނެ. އަނެއްކާވެސް އަހަރެންގެ ފަރާތުން މަންމައަށް އަނެއް އުނދަގޫ ދޯ؟ އަހަރެން ދަންޖެއްސިޔަ ނުދީ ސަލާމަތް ކުރުމަށް އާދޭސް ނުކުރުމަށް އަހަރެން މަންމަ ގާތު އެތައް ފަހަރަކު އެދުނު ނަމަވެސް، އަހަންނަށް މިކަން ކޮށްދިނުމަށް އެދި އަހަރެން މަންމަ ގާތު އާދޭސް ކުރަން.
އަހަރެން ބޭނުމެއް ނޫން ބިމު އަޑީގަ އޮވެ ކުނި ވާކަށް. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ދެލޮލާއި ޒުވާން ހިތް ކުނޑިތަކަށް ވެގެން ދާކަށް. އެހެންވެ އަހަރެން މަންމަ ގާތު މި އެދެނީ އަހަރެން ދަން ޖެއްސުނުހާ އަވަހަކަށް އަހަރެންގެ ހިތާ، ކިޑްނީއާ، ދެ ލޮލުގެ އިތުރުން ދެންވެސް ހަށިގަނޑުގައި ބޭނުންކުރެވޭ ބައެއްވާނަމަ ބޭނުން ޖެހިފައި ތިބި ބަޔަކަށް ހަދިޔާ ކުރުމަށް. އެފަރާތަކަށް ގުނަވަންތައް ދިން މީހަކީ އަހަރެންކަން އަންގާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން އެމީހެއްގެ ފަރާތުން ހެޔޮ ދުޢާއެއް، ޝުކުރުގެ ގުލްދަސްތާއެއް ވެސް ބޭނުމެއް ނޫން. އަހަރެން ބޭނުމެއް ނޫން މަންމަ ރޮއެ ހިތާމަ ކުރުމަށް އަންނަ މަހާނައެއް. މިއީ އަހަރެން ހިތުގެ އެންމެ އަޑިން ބުނާ ވާހަކައެއް. އަހަރެން ބެނުމެއް ނޫން މަންމަ އަހަންނަށްޓަކައި ކަޅު ހެދުން ލައިގެން އުޅޭކަށް. މަސައްކަތް ކުރޭ އަހަރެންނަށް ދިމާވި ހިތި ދުވަސްތައް މަތިން ހަނދާން ނައްތާލުމަށް. އަހަރެން ޖެހޭ ވަޔާއި އެކުވެގެން ދާން ދޫކޮށްލާ.
ދުނިޔޭގައި އަހަރެމެން ދެކެ ލޯބިވި މީހަކު ނެތް. ދުނިޔެއިން އަހަރެންގެ ނަސީބެއް ބޭނުމެއް ނުވި. އެހެންވެ އަހަރެންވެސް މިހާރު އެއީ އަހަންނަށް ހުރި ގޮތް ކަން ޤަބޫލުކޮށްފިން. އެއީ މާތް ﷲ ގެޝަރީޢަތުގައި އަހަރެން ހުރިހާ ފުލުހުންނާއި، އަހަރެން ގަޔަށް އަރަން މަސައްކަތް ކުރި އޮފިސަރާއި، ފަނޑިޔާރުންނާއި، އަހަރެން ހޭލާ އޮއްވައި އަހަންނަށް ފުރައްސާރަކޮށް އަނިޔާ ކުރި ސްޕްރީމް ކޯޓުގެ ޤާޒީންނަށް އަހަރެން ދައުވާ ކުރާނަން. އަދި އަހަރެންގެ ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު ދޮގު ތަކެއްގެ މައްޗަށް އަހަރެންނަށް ނުހައްޤު އަދަބެއް ދިނުމުގައި ބައިވެރިވި ހުރިހާ އެންމެންނަށް އަހަރެން ދައުވާ ކުރާނަން.
އަހަރެންގެ މަޑުމައިތރި އޯގާވެރި މަންމާ! ދުނިޔޭގަ އަހަރުމެންނަކީ ކުށްވެރިން. އެކަމަކު މުހިންމީ މާތް ﷲ ގެ ހަޟްރަތުގައި އަހަރުމެންނަށް ހުރި ގޮތް. އަހަރެން ބޭނުންވީ މަންމަގެ އުނގުގައި މަރުވާން. އަހަރެން މަންމަ ދެކެ ވަރަށް ލޯބިވޭ.

ރައިހާނާ"

**ރައިޙާނާގެ ޙަގީގަތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އެކަމަށް ފާޑުކިޔުމެއް ނެތެވެ.**
http://www.vaguthu.mv/world-news/185188/

Saturday, July 26, 2014

Maldives History - as to them

Maldives History

People have lived in these islands for over 3000 years

The history of the Maldives is as mysterious as the country itself. The moving hand of time has made it difficult to separate facts from legend, but has historical evidence leaves little doubt of the richness of life in the Maldives during the past.
Liberally sprinkled with stories of people who fought demons from the sea, brave Sultans and Kings who fought valiantly for the nation's independence, and huge dynasties which ruled the country for decades, the Maldives has a history which captures the minds of both the serious historian and the imaginative day dreamer.
People have been living on the islands of the Maldives from as far back as 3000 years ago. They set sail from different parts of the world - often not realizing that their ultimate destination will be the Maldives where they will find an idyllic place to settle down and live in total serenity for the rest of their lives. 
The ancient mariners came from different parts of the world. They came from Asia, Arabia, Europe and the Americas. Some came across the Maldives by accident. Some ere asylum seekers. Some were on planned journeys. All of them stayed for the same reason - the country's beauty was too inviting to resist, the peace and the serenity which existed then and still survives today, is hard to find anywhere else in the world.
Life evolved slowly. As 99 percent of the country is the sea, it made sense that life centered around the ocean. Slowly, as the population increased, the Maldivian people with their mixed features, and simple, peaceful nature began to emerge. The existed on different islands, they formed tight-knit little island communities and in 1153 AD, was bonded by faith in the one religion - Islam.
Islam came to the Maldives with the Arabian traveler Abul Barakhat Al-Bar Bari. Historical remains from as far back as 400 BC show strong evidence that Buddhism was widely practised among the people. Bar barrio's story is again steeped in legend. However, the fact remains that Maldives is one of the few 100 percent Muslim nations in the world. 
The Maldivians, with their inherent love for peace, had to fight hard for their independence. In 1558, the Portuguese invaded and captured the Maldives. They ruled the country for 15 long years, until Boduthakurufaanu, the national hero saved the nation from losing its freedom forever. He ruled the country as Sultan Mohamed Thakurufaanu from 1573 - 1583.
After 800 years of being a Sultanate (from 1153 AD- 1953), the Maldives became a Republic in 1953. However, remaining a Republic for less than a year, the Maldives returned to being a Sultanate on 21 August 1953.
The Maldives which became a British Protectorate, gained full independence on July 26, 1965. The second Republic was declared on 11 November 1968 and since then the country has remained a fully independent republic. 

History - Important dates...

400 BC Buddhist Kingdom
Discovery of ruined temples on some islands indicate an early Buddhist reign.
1153
Conversion from Buddhism to Islam
Foundation of the first Sultanate
Islam becomes the national religion
The first Sultan of the Maldives was Mohamed Bin Ibnu Abdulla (1141 - 1156, he disappeared during a pilgrimage to Mecca)
1344
Ibnu Batuta, Arabian historian and scholar traveled around the Maldives and worked as a Judge. 
1558
The Portuguese capture Male'. Sultan Ali VI falls in battle.
1573
Under the leadership of Mohamed Thakurfaanu and his two brothers, the Maldives frees itself after 15 years of Portuguese rule.
Sultan Thakurufaanu (from 1573 - 1583) is honoured as national hero.
1887
On December 16, 1887 the Sultan of the Maldives signs a Protectorate Treaty with England. The Sultan receives protective rights for the Maldives, and is obliged to pay a tribute to the English Crown.
1932
The first written constitution comes into force. (Constitutional Sultanate)
1947
The last tribute payment to England.
1953
January 1 - After 800 years as a Sultanate (between 1153 - 1953), the first Republic is declared. The first President is Mohamed Amin Didi who dies only one year later.
1953, August 21
Return to Sultanate.
1959
Secession of the Southern Atolls and deceleration of the Republic of Suvadhuva. 
 1965
On July 26, 1965 the Maldives becomes independent and in the same year, a full member of the United Nations.


1968
On November 11, 1968 the second Republic comes into force (Presidential Republic by plebiscite). The first President is Ibrahim Nasir.
1972
The beginnings of tourism came after Hans Hass with his boat Xarifa. Produced the first film on the Maldives, both over and underwater in 1957/58.
1976
Accepted in the group of Non-Aligned States. The British leave the airbase at Gan.
1978
The current President, Maumoon Abdul Gayoom is elected for the first time and is confirmed in office in 1983, 1988 and again in 1993.
1988 Nov 3rd.
Failed attempted coup by Tamil separatists on 3 November 1988. The President asks for foreign support. On the same evening, 1600 Indian parachutists land on the main island and suppress the rebellion.

Thursday, July 17, 2014

Readers are the best people to fall in LOVE with

Ever finished a book? I mean, truly finished one? Cover to cover. Closed the spine with that slow awakening that comes with reentering consciousness?
You take a breath, deep from the bottom of your lungs and sit there. Book in both hands, your head staring down at the cover, back page or wall in front of you.
You’re grateful, thoughtful, pensive. You feel like a piece of you was just gained and lost. You’ve just experienced something deep, something intimate. (Maybe, erotic?) You just had an intense and somewhat transient metamorphosis.
Like falling in love with a stranger you will never see again, you ache with the yearning and sadness of an ended affair, but at the same time, feel satisfied. Full from the experience, the connection, the richness that comes after digesting another soul. You feel fed, if only for a little while.
This type of reading, according to TIME magazine’s Annie Murphy Paul, is called “deep reading,” a practice that is soon to be extinct now that people are skimming more and reading less.
Readers, like voicemail leavers and card writers, are now a dying breed, their numbers decreasing with every GIF list and online tabloid.
The worst part about this looming extinction is that readers are proven to be nicer and smarter than the average human, and maybe the only people worth falling in love with on this shallow hell on earth.
According to both 2006 and 2009 studies published by Raymond Mar, a psychologist at York University in Canada, and Keith Oatley, a professor of cognitive psychology at the University of Toronto, those who read fiction are capable of the most empathy and “theory of mind,” which is the ability to hold opinions, beliefs and interests apart from their own.
They can entertain other ideas, without rejecting them and still retain their own. While this is supposed to be an innate trait in all humans, it requires varying levels of social experiences to bring into fruition and probably the reason your last partner was such a narcissist.
Did you ever see your ex with a book? Did you ever talk about books? If you didn’t, maybe you should think about changing your type.
It’s no surprise that readers are better people. Having experienced someone else’s life through abstract eyes, they’ve learned what it’s like to leave their bodies and see the world through other frames of reference.
They have access to hundreds of souls, and the collected wisdom of all them. They have seen things you’ll never understand and have experienced deaths of people you’ll never know.
They’ve learned what it’s like to be a woman, and a man. They know what it’s like to watch someone suffer. They are wise beyond their years.
Another 2010 study by Mar reinforces this idea with results that prove the more stories children have read to them, the keener their “theory of mind.” So while everyone thinks their kids are the best, the ones who read have the edge as they truly are the wiser, more adaptable and understanding children.
Because reading is something that molds you and adds to your character. Each triumph, lesson and pivotal moment of the protagonist becomes your own.
Every ache, pain and harsh truth becomes yours to bear. You’ve traveled with authors and experienced the pain, sorrow and anguish they suffered while writing through it. You’ve lived a thousand lives and come back to learn from each of them.
If you’re still looking for someone to complete you, to fill the void of your singly-healed heart, look for the breed that’s dying out. You will find them in coffee shops, parks and subways.
You will see them with backpacks, shoulder bags and suitcases. They will be inquisitive and soulful, and you will know by the first few minutes of talking to them.

They Won’t Talk To You… They’ll Speak To You

They will write you letters and texts in verse. They are verbose, but not in the obnoxious way. They do not merely answer questions and give statements, but counter with deep thoughts and profound theories. They will enrapture you with their knowledge of words and ideas.
According to the study, “What Reading Does For The Mind” by Anne E. Cunningham of the University of California, Berkeley, reading provides a vocabulary lesson that children could never attain by schooling.
According to Cunningham, “the bulk of vocabulary growth during a child’s lifetime occurs indirectly through language exposure rather than through direct teaching.”
Do yourself a favor and date someone who really knows how to use their tongue.

They Don’t Just Get You… They Understand You

You should only fall in love with someone who can see your soul. It should be someone who has reached inside you and holds those innermost parts of you no one could find before. It should be someone who doesn’t just know you, but wholly and completely understands you.
According to Psychologist David Comer Kidd, at the New School for Social Research, “What great writers do is to turn you into the writer. In literary fiction, the incompleteness of the characters turns your mind to trying to understand the minds of others.”
This is proved over and over again, the more people take to reading. Their ability to connect with characters they haven’t met makes their understanding of the people around them much easier.
They have the capacity for empathy. They may not always agree with you, but they will try to see things from your point of view.

They’re Not Just Smart… They’re Wise

Being overly smart is obnoxious, being wise is a turn on. There’s something irresistible about someone you can learn from. The need for banter and witty conversation is more imperative than you may believe, and falling in love with a reader will enhance not just the conversation, but the level of it.
According to Cunningham, readers are more intelligent, due to their increased vocabulary and memory skills, along with their ability to spot patterns. They have higher cognitive functions than the average non-reader and can communicate more thoroughly and effectively.
Finding someone who reads is like dating a thousand souls. It’s gaining the experience they’ve gained from everything they’ve ever read and the wisdom that comes with those experiences. It’s like dating a professor, a romantic and an explorer.
If you date someone who reads, then you, too, will live a thousand different lives.
********************** Have a wonderful read *********************
Source: http://elitedaily.com/