ލޮބުވެތި
ފިރިންނޭވެ !
ވަރުބަލިވެފައިވާ އަނބިމީހާ ކައިރީ "ހަމަޖެހޭށޭ" ނުބުނާށެވެ.
ވަރުބަލިވެފައިވާ
އަނބިމީހާ ކައިރީ، ޚާއްޞަކޮށް އެފަދަ މަންމައެއް ކައިރީ
"ހަމަޖެހިލަބަލަ" ނުބުނާށެވެ.
އޭނަގެ
ކަންކަން ހުންނަ ގޮތުން އޭނަދެކެ ރުޅިން އޭނައާއި ދުރުގައި ނުހުންނާށެވެ.
އޭނައާއި
ވާހަކަ ނުދައްކާ ހިމޭންކަން އިޚްތިޔާރު ނުކުރާށެވެ.
އޭގެ
ބަދަލުގައި އޭނައަށް އެހެން އެވާ ސަބަބު ވިސްނޭތޯ މަސައްކަތް ކުރާށެވެ.
ބައެއްފަހަރަށް
އެއީ ކޮންމެވެސް ހިތްދަތިކަމެވެ.
އެއީ
ބުރަކޮށް އުޅެންޖެހުމުން ވެފަ ހުރި ވަރުބަލިކަމެވެ.
އެއީ
ހުރިހާ ކަމެއް އެކަނި ކުރަންޖެހޭތީ އެކަމުގެ އިހްސާސުން އަންނަ ހިތްހަމަނުޖެހުމެވެ.
ބައެއްފަހަރަށް
އެއީ ކުދިން "ބަސްނައަހާތީ" ވާ ގޮތެކެވެ.
އެއީ
ކުދިން ބޭނުންވާ ކަންކަން ފުރިހަމަ ކޮށްނުދެވޭތީ ވާ ކަންބޮޑުވުމެއްގެ ނަތީޖާއެވެ.
އެއީ އެ
ކުދިންގެ މައްޗަށް ޢާއިލާގެ އެހެން މީހެއް ނުވަތަ ބަޔެއްގެ ނުފޫޒު ގަދަކުރާތީ
އެކަން ނުހުއްޓުވިގެން އަންނަ ރުޅިއެކެވެ.
ބައެއްފަހަރަށް
އެއީ ހަމަ އެކަނި ފައިސާގެ މައްސަލައެކެވެ.
އެއީ
އަތުގައި ހުންނަ ހުރިހާ ފައިސާއެއް ހަމަ ނޭނގިހުއްޓާ ހުސްވާތީ ވާ ގޮތެކެވެ.
ގެއަށް
ބޭނުންވާ ކޮންމެވެސް އެއްޗެއް ނެތުމުން ވާ އުނދަގުލެކެވެ.
ބައެއްފަހަރަށް
އެއީ ބޭނުންވާ ވަރަށް މިނިވަންކަން ނޯންނާތީ ވާ ގޮތެކެވެ.
ބޭނުންވާ
ވަރަށް ހުސްވަގުތު ނޯންނާތީ ވާ ގޮތެކެވެ.
ބޭނުންވާވަރަށް
ނިދާނުލެވޭތީ ވާ އުނދަގުލެކެވެ.
ޖުމްލަކޮށް
ބުނާނަމަ އެއީ އޭނަގެ ހިތްހަމަނުޖެހުމެކެވެ.
އޭނާގެ
ހުރިހާ އުދާހަކީ އޭނަގެ ހިތްހަމަނުޖެހުމެވެ.
މި ހުރިހާ
ކަމަކަށްވެސް އޮންނާނީ ހަމަ އެންމެ ޙައްލެކެވެ.
އެއީ
އޭނައަށް އެވާގޮތް އެނގި އެކަމަށް އެހީތެރިވާނެ މީހެކެވެ.
އޭނައާއެކު
މަޑުމަޑުން އިނދެލާނެ މީހެކެވެ.
އޭނަގެ
ހަށިގަނޑު ވަށާލައި ހިފަހައްޓާލަދޭނެ ދެއަތެކެވެ.
އެއީ
އޯގާތެރި ބަސްތަކަކުން އޭނަގެ ހިތަށް ހަމަޖެހުން ދޭނެ މީހެކެވެ.
އެއީ
ތިބާއެވެ.
އާނއެކެވެ.
އެއީ ތިބާއެވެ.
އޭނައަށް
އެހެން އެވާ ސަބަބު ބަލައި އެ ސަބަބު ކުޑަކޮށްލަދެވޭތޯ ނުވަތަ ފޮހެލަދެވޭތޯ
ބަލާށެވެ.
އަންހެނަކަށްޓަކައި
ފައިސާ އާއި މުދަލަކީ ހުރިހާ އެއްޗެއް ނޫނެވެ.
އަންހެނަކަށްޓަކައި
އެންމެ މުހިއްމުވާނީ އަބަދުވެސް އެ އަންހެނަކު "ފެންނަ" މީހެކެވެ.
އަންބަކަށްޓަކައި
އަމުދުން މުހިއްމުވާނީ ، އެކުގައި ކިތަންމެ ޒަމާނެއް ހޭދަވިޔަސް "ބަދަލެއް
ނައިސް" އޭނައަށް ޝައުގުވެރިވާ ފިރިއެކެވެ.
އެ
އަންހެނެއްގެ ހިތްހަމަޖެހުމާއި، ނުރުހުމާއި، އުނދަގޫވާ ޒާތުގެ ކަންކަމަކީ
ކޮބައިކަން ވަކިކުރަން އެނގޭ ފިރިއެކެވެ.
އެ
އަންހެނެއްގެ އެންމެ ދަތިވަގުތުތަކުގައިވެސް އޭނަ ކުށްވެރިނުކޮށް އެކުގައި ވާނެ
ފިރިއެކެވެ.
ނަސޭޙަތްދީ
މަޝްވަރާ ދިނުންވެސް އަންނާނީ އޭގެ މާ ފަހުންނެވެ.
ފުރަތަމަ
ކަމަކީ އޭނައަށްޓަކައި އޭނައާ އެކުގައި ހުރުމެވެ.
އެކަން
ކުރެވޭނީ ތިބާއަށެވެ.
ޝައުގުވެރިކަން
އަބަދަކު އެއްގޮތަކަށް ދެމި ނޯންނާނެއެވެ.
އެއީ
ދުނިޔޭގެ އާދައެވެ.
އެހެންނަމަވެސް
އެ ޝައުޤުވެރިކަން އަބަދުމެ ގާއިމުވެފަ އޮންނާނެ ގޮތަށް މަސައްކަތް ކުރާށެވެ.
އެއީ
ގައިމުވެސް ކުރެވޭނެ ކަމެކެވެ.
އެކަކު
އަނެކަކަށް ކުރާ އުއްމީދުން ހިތްވަރު ލިބިގަންނާށެވެ.
ރާވައިގެންވިޔަސް
އުފާވެރި ހަނދާންތައް ގާއިމު ކުރާށެވެ.
ވަކިވެގެން
ދިއުމުގެ ބަދަލުގައި އަބަދުވެސް ކެތްތެރިކަމާއެކު އެކަކު އަނެކަކަށް ޚިޔާރު
ކުރާށެވެ.
ކިތަންމެ
ދަތިވިނަމަވެސް ވާހަކަ ދައްކައިގެން އިހްސާސްތަކާއި ކަންބޮޑުވުންތައް ފާޅުކުރެވޭތޯ
ބަލާށެވެ.
ހަލާކު
ކުރުމުގެ ބަދަލުގައި ހައްލު ކުރެވޭތޯ ބަލާށެވެ.
ސަބަބަކީ
ތޯއެވެ؟
ލޯތްބަކީ
އެއްކަލަ "ވިދުން" އަބަދު އެއްގޮތަކަށް ބެހެއްޓުމެއް ނޫނެވެ.
ލޯތްބަކީ
އެ ވިދުން ގެންނަން މަސައްކަތް ކުރަން ކެރުމާ، އެނގުމާ އެ ޝައުޤު ހުރުން ކަމަށް
ވާތީއެވެ.
~ފަތިސްތަރި ޞޮފާ /06052026~






