މި ބްލޮގްގެ ގަވާޢިދުތައް:
·
މި ބްލޮގަކީ އަޅުގަނޑު (އައިޝަތު ޞަފާ
ޢަލީ / ސ.ހިތަދޫ) އާއި އަޅުގަނޑުގެ ގާތް 3 ރަޙްމަތްތެރިން ލިޔަމުން އަންނަ އެކިއެކި ލިޔުންތައް
ކިއުންތެރިންނާއި ޙިއްޞާ ކުރުމަށްޓަކައި އަޅުގަނޑާއި އަޅުގަނޑުގެ ރަހްމަތްތެރިންގެ ޓީމެއް އެކުވެގެން،
ހިންގާ ބްލޮގެކެވެ.
·
މި ބްލޮގްގައި ލިޔެފައިވާ ހުރިހާ ލިޔުންތަކަކީވެސް
އަޅުގަނޑާއި އަޅުގަނޑުގެ ޓީމްގެ އަމިއްލަ ލިޔުންތަކެއްކަމަށްވާތީ، މިއިން އެއްވެސް
ލިޔުމެއް މި ބްލޮގް ނޫންތަނެއްގައި ބޭނުން ކުރައްވަން ވާނީ، އެ ލިޔުމެއް
ލިއުއްވާފައިވާ ފަރާތެއްގެ ފުރިހަމަ ނަމާއި މި ބްލޮގްއިން ނެގި ލިޔުމެއްކަން އެނގޭ
ގޮތަށެވެ. މި ނޫން ގޮތަކަށް މިއިން އެއްވެސް ލިއުމެއް އެހެންތަނެއްގައި ކޮޕީ ކުރެއްވުމަކީ
މަނާ ކަމެކެވެ.
·
މި ބްލޮގްގެ ލިންކް ކޮންމެ
ކިއުންތެރިއަކަށްވެސް ޝެއަރ (އެފްބީ ޝެއަރ ބަޓަން) ކުރެވިދާނެއެވެ.
·
މި ބްލޮގްގެ ލިޔުންތަކަށް ކޮންމެ
ކިއުންތެރިއަކަށްވެސް ކޮމެންޓް ކުރެއްވޭނެއެވެ. އެކިއުންތެރިއެއްގެ ނަމުގައި
ބްލޮގްގައި މެމްބަރޝިޕް ރަޖިސްޓްރީ ކުރައްވައިގެން ނުވަތަ، ކާކުކަން ނޭނގޭ
ގޮތަށްވެސް ކޮމެންޓް ކުރެއްވޭނެއެވެ. ނަމަވެސް ކޮންމެވެސް އެއް ނަމެއް އަބަދުވެސް ބޭނުންކުރެއްވުމަކީ
ކޮމެންޓްތަކަށް ޖަވާބު ދިނުމުގައި އަޅުގަނޑުމެންނަށް ފަސޭހަ ވާނެ ކަމަކަށްވާތީ،
އެގޮތަށް ނަމެއް ޖެއްސެވުން އެދެވިގެންވެއެވެ.
·
މި ބްލޮގްގައިވާ ލިޔުންތަކަށް
ފާޑުވިދާޅުވެ ފޮނުވާ ކޮމެންޓްތައް އުފަލާއި ޝުކުރުވެރިކަމާއެކު
ބަލައިގަންނާނަމެވެ. ނަމަވެސް ބްލޮގާއި ނުގުޅޭ ވާހަކަތަކާއި، އެކަށީގެން ނުވާފަދަ
ކޮމެންޓްތަކާއި، ސިޔާސީ ވާހަކަތައް ހިމެނޭ ކޮމެންޓްތައް އެއްގޮތަކަށްވެސް ޕަބްލިޝް
ނުކުރާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
·
މި ބްލޮގަށް ބޭނުންވާ ހަމަ އެކަނި
ކަމަކީ ކިޔުންތެރިންގެ ހިތްވަރާއި ތަރުޙީބެވެ. ހިތުގެ އެންމެ ފުންމިނުން
ޝުކުރުވެރިވާނަމުއެވެ.
08 މާރޗް 2012
15 ރަބީޢުލްއާޚިރާ 1433
(ބުރާސްފަތި)
15 ރަބީޢުލްއާޚިރާ 1433
(ބުރާސްފަތި)
salhi blog eh... kameh kuran nukerifa huhtaa v.hiyvaru libey kahalage liyumeh vs fenijje... kyp it up fathis thari n frnds <3
ReplyDelete