Sunday, May 27, 2012

Hageegee Kula


ޙަޔާތުގެ ކޮންމެ ޞަފްޙާއަކީވެސް ޢިބްރަތެކެވެ.
ކޮންމެ ވާހަކައަކީވެސް ކޮންމެވެސް އަޞްލެކެވެ.
އިންސާނާ ގުނާ ކޮންމެ ހިނދުކޮޅަކީ ފިލާވަޅެކެވެ.
ކިޔާމީހާއެވެ. ޢިބްރަތެއް ލިބިގަންނާށެވެ.

ބައެއް އިހްސާސްތައް ފަހުމްވުމުން ކިހާ ވޭން ދޭހެއްޔެވެ.
އުމުރުގެ ފަހަތަށް ދިއުމުން ފަސް އެނބުރި ބަލާލާށެވެ.
އެހެން މީހުންގެ ދިރިއުޅުމަށް ބަދަލެއް ގެނެވިފައި އެބަވޭތޯއެވެ.
ކިޔާމީހާއެވެ. ޢިބްރަތެއް ލިބިގަންނާށެވެ.


ލޯބި އެއީ ޅެންވެރިންގެ އެއްޗެއް ހެއްޔެވެ.
ލޯބީގެ މީރުކަން ތިބާ އިހްސާސް ކުރި ބާވައެވެ.
ލޯބީގެ އިހްސާސް އެންމެ ރަނގަޅަށް ދަންނާނީ ލޯބީގައި އެތަކެއް ހާސްފަހަރު ހިތްކަތިލެވިފައިވާ މީހާކަން އެނގޭހެއްޔެވެ.
ލޯބިވެރިން ގުރުބާންވާކަން ގަބޫލު ކުރަން ހެއްޔެވެ.
ކިޔާމީހާއެވެ. ޢިބްރަތެއް ލިބިގަންނާށެވެ.

ދުނިޔެ ދައްކާނީ އެކި ދުވަހު އެކި ކުލައެވެ.
އިންސާނާ ތަދްބީރުގެ ޗާޓް ކުރަހައެވެ.
އެކަމަކު ތަގްދީރު ކުލަ ޖައްސަނީ އެހެން ކުރެހުމެއްގައެވެ.
ޝުކުރުވެރިވާ އިންސާނާ ކިހާ މާތް ހެއްޔެވެ.
ކުފުރުވުމުން ލިބެނީ ދެ ދުނިޔޭގެވެސް ގެއްލުމެވެ.
ކިޔާމީހާއެވެ. ޢިބްރަތެއް ލިބިގަންނާށެވެ.

ޚިޔާލީ ކޮންމެ ހުވަފެނެއްގައި ޙަގީގަތެއް ވެއެވެ.
ގަޔާވާ ކޮންމެ ކުލައެއްގައި ހަނދާންތަކެއް ވެއެވެ.
އިރެއްގައިވެސް މީހަކު ދެކެ ތިބާ ލޯބިވިނަމަ މިކަން ގަބޫލު ކުރާނެއެވެ.
އެހެނީ ހިތާމައިގެ ވަގުތުގައިވެސް ކަރުނަ ހިނިތުންވާނެ ހަމައެކަނި ސަބަބަކީ އިރެއްގައި ވެވުނު ލޯތްބެއްގެ ހަނދާންއެކަންޏެވެ.

-------------------------------------------(ނިމުނީ)-------------------------------------------
-މ.ޝ.އ-
28.05.2012

No comments:

Post a Comment

Reply