އޭނަ ހީކުރިއެވެ.
އަހަރެން ރޯނެއެވެ. ކަރުނަ
އޮހޮރާނެއެވެ. ހަމަ އެކަނި ބެދޭނީ އަޑެއް ނޫނެވެ. ނޭވާ ހިނގާ ހޮޅިތަކާއި ލޭ ހިނގާ
ނާރުތައްވެސް ބެދޭނެއެވެ. ނުވަތަ އަހަރެން އަމިއްލައަށް މަރުވާނެއެވެ.
އެއީ ހީވާ ގޮތެކެވެ.
އަހަންނެއް ނުރޯނަމެވެ.
ކެހިވެރިޔަކަށްޓަކައި އެންމެ ކަރުނަތިއްކެއްވެސް ބޭކާރެއް ނުކުރާނަމެވެ. އަހަރެން
ހަށިގަނޑުގައި ވަރު އެބަހުއްޓެވެ. އޭނަ ހީކުރިވަރަށްވުރެ އަހަރެންގެ ހިތްވަރު ގަދަ
ވާނެއެވެ. ވަރުގަދައީ އޭނަކަމުގައި ހީކުރުން އެއީ އޭނައަށް ކުރެވުނު ކުށް ހީއެކެވެ.
ތިމާއަށް ތިމާ ފެނިފަ ހުރުމުން އެރި އޮޅުމެކެވެ.
އޭނައަށް ހީވިއެވެ.
އެ ލޯތްބާއި ނުލައި
އަހަރެންގެ ހިތަކު ވިންދެއް ނުޖަހާނެއެވެ. ލޯތްބަށް އަހަރެން ކުރާ ޤަދަރު ކުޑަ
ވާނެއެވެ. އެހެން އެކަކަށްވެސް ލޯބިދޭން އަހަންނަށް ދެން ނޭނގޭނެއެވެ.
ދެކެން ހުންނައްޗެވެ.
އަހަރެންގެ ހިތަކީ، އެ ހިތެއްގެ ރީތިކަމުން މީހުން އާޝޯޚްވެ ތާރީޚުގައި ލިޔެވިގެންދާފަދަ
ފުރިހަމަ، މާތް ހިތެއްގެ ވެރިއަކަށް އަހަރެން ވާނަމެވެ. އެހިތަކުން ޖާގައެއް
ލިބޭތޯ އެދޭ އެތަކެއް ހާސް މީހުން އެދިއެދި ތިބޭ ދުވަސް ދައްކާނަމެވެ. އަހަރެންގެ
ލޯބީގެ އަސީރަކަށް ތިފަދަ އެތަކެއް ހާސް މީހުން ވެފައި ހުންނަ ދުވަސް ދެކެން
ތައްޔާރު ވާށެވެ. ފެންނާނެކަން ގައިމެވެ.
ތެދެކެވެ.
އަހަރެންގެ ފުރާވަރު
ގެއްލިއްޖެއެވެ. ނޫނެކެވެ. އޭނަ ނަގާލީއެވެ. ފޭރިގަތީއެވެ. ލޫޓުވާލީއެވެ.
ބަނޑުފުރެންދެން ފޮނި
ބުއިމަށްފަހު މާބުރު އުދުހިގެން ހިނގައްޖެއެވެ. ކަށިތައް އެކަނި ކޮށްފައި ފިޔަތައް
ހިފައިގެން އަނިޔާވެރިޔާ ދިޔައީއެވެ. އެކަމަކުވެސް ބުނަން ހެއްޔެވެ؟ ފުރާނައެއް
ނުގެންދެވޭނެއެވެ. ހިތާއި ސިކުނޑިވެސް ނުގެންދެވޭނެއެވެ. އެ އެއްޗިއްސަށް
ބާރުފޯރުވުމުގެ ޙައްޤު މާތްﷲ ދެއްވީ އަހަންނަށެވެ. އެ ނުލަފާ މީހާއަކަށް ނޫނެވެ.
އޭނަ ހީކުރިއެވެ.
އަހަރެންގެ ދެ ދުނިޔެ
ބަރުބާދު ވީއެވެ.
މީހުންގެ މަލާމާތާއި ހުތުރު ބަސްތައް ނޫން އެއްޗެއް މިލްކުގައިނެތި ނިމިއްޖެއެވެ. އެކަމަކު އެހެނެއް ނުވާނެއެވެ. ތި ދިން އަނިޔާއަށްފަހުވެސް އަހަރެންގެ މުސްތަގްބަލް ފެހި ކުރާނަމެވެ. ބައްދާލި ކޮންމެ މަގަކަށް ދެ މަގު ކޮށާނަމެވެ. އަމިއްލައަށެވެ. އެކަނިމާ އެކަންޏެވެ. މަގު މެދަށް އަހަރެން ދޫކޮށްލި ނަމަވެސް އެކަނި މާއެކަނި ގެއަށް ދާން އަހަންނަށް އެނގެއެވެ.
މީހުންގެ މަލާމާތާއި ހުތުރު ބަސްތައް ނޫން އެއްޗެއް މިލްކުގައިނެތި ނިމިއްޖެއެވެ. އެކަމަކު އެހެނެއް ނުވާނެއެވެ. ތި ދިން އަނިޔާއަށްފަހުވެސް އަހަރެންގެ މުސްތަގްބަލް ފެހި ކުރާނަމެވެ. ބައްދާލި ކޮންމެ މަގަކަށް ދެ މަގު ކޮށާނަމެވެ. އަމިއްލައަށެވެ. އެކަނިމާ އެކަންޏެވެ. މަގު މެދަށް އަހަރެން ދޫކޮށްލި ނަމަވެސް އެކަނި މާއެކަނި ގެއަށް ދާން އަހަންނަށް އެނގެއެވެ.
އޭނައަށް ނޭނގުނީއެވެ.
އޭނަ ނިކަމެއްޗެވެ.
ހުނުމަށްވުރެ އުނދަގޫ ވާނީ ނުހީ ހުންނާށެވެ.
އަބަދާ އަބަދު ހުނުމަށް އާދަވެފައި ތިބޭނީ ނިކަމެތި މޮޔައިންނެވެ.
އަބަދާ އަބަދު ހުނުމަށް އާދަވެފައި ތިބޭނީ ނިކަމެތި މޮޔައިންނެވެ.
އޭނަގެ އަގެއް ނެތެވެ.
މީހަކަށް ދެރައެއް ދީފައި ގޮސް ތިމަންނާ މިއައީ އޭނައަށް ލަނޑެއް ދީފައޭ
ބުނާމީހާއާއި ދޭތެރޭ އެކަކުވެސް ރަނގަޅަކަށް ނުދެކޭނެއެވެ.
ތެދެކެވެ.
ފިނޑިން ނިދާނީ
ދޫނިފަތުގެ ތަންމަތީގައެވެ. ކަށި ތަންމައްޗަކީ ކެރޭ މީހުންގެ ތަންމައްޗެވެ. އެއީ އަހަރެންގެ މަގާމެވެ. އަހަރެން ޖެހިލުމެއް ނުވަމެވެ.
އަހަރެން މިއަދު އުފާ
ކުރަމެވެ. ތިފަދަ މީހަކާއި ދިމާވެ ކުރެވުނު ހިތި ތަޖްރިބާތަކުން މިއަދު އަހަންނަށް
ލިބެނީ ހިތްވަރެވެ. އާ ރޫޙެއްގައެވެ. އާ ޖޯޝެއްގައެވެ. ތިދިން ކޮންމެ ތަދަކީ،
ކޮންމެ ވޭނަކީ، މިއަށްވުރެވެސް ރަނގަޅު މީހެއްގެ ގޮތުގައި އަހަރެން
ލެއްވުމަށްޓަކައި ވެރި ރަސްކަލާނގެ ކުރިމަތި ކުރުވި އިމްތިޙާނުތަކަކަށް ނޫނީ
ނުވާނެއެވެ.
ވީއިރު ދެރަ ލިބުނީ
ކާކަށްހެއްޔެވެ؟
ކެރެންޏާ ނިކަން ފާޅުގަ
ބުނެބަލާށެވެ.
ދުނިޔެއަށް
ހާމަކޮށްބަލާށެވެ. ލޯބި ދަސްކޮށްދިނީ ކާކުހެއްޔެވެ؟
އުފަލަކީ ކޮބައިކަން
އޮޅުންފިލުވައިދިނީ ކާކުހެއްޔެވެ؟
މިއަދު، ވިލާތަކުގައި
ބޮސްދެމުންދާއިރު އުދުހެން ދަސްކޮށްދިނީ ކާކުކަން ހަނދާން އެބަހުރި
ހެއްޔެވެ؟
ކޮށްދިން ހެޔޮކަންތައް
ހަނދާން ނައްތާލުމަށްވުރެ ހުތުރު މިޒާޖަކީ ކޮބައި ހެއްޔެވެ؟
އުޅުމެއް ލިބިފައި ނެތީ
އަހަންނަށް ހެއްޔެވެ؟ ނޫނީ ކާކަށް ހެއްޔެވެ؟
ހަނދާން ކުރައްޗެވެ.
ތިއީ ދޮގުވެރިއެކެވެ.
މަކަރުވެރިއެކެވެ. ޙީލަތްތެރިއެކެވެ. ބޭވަފާތެރިއެކެވެ. ޚިޔާނާތްތެރިއެކެވެ.
ފިނޑިއެކެވެ. ދެފުށްކެހެރި
މީހެކެވެ. ޤަދަރެއް އަމުދުން ނެތް މީހެކެވެ.
މިއަދު އެކަން މިއެނގުނީ
ދެމީހަކަށެވެ. މާދަމާ ދެހާސް މީހުންނަށް އެނގޭނެއެވެ. ފަހުން މުޅި ދުނިޔެވެސް
އެކަން ދެކޭނެއެވެ.
މި ނޫން ލަޤަބެއް ތި ނުލަފާ
އިންސާނާއަކަށް ނުލިބޭނެއެވެ.
ދެއްވާނެ ޖަޒާ މޮޅަށް
ދެނެވޮޑިގެންވަނީ ﷲ އެވެ.
ނިކަން ރަނގަޅު
ވާހަކައެއް ބުނަން ހެއްޔެވެ؟
އަހަރެންގެ ފަހު ނޭވައާއި
ހަމައަށްވެސް އުއްމީދުގެ ބައްތި ނުނިވޭނެއެވެ.
އަބަދާ އަބަދުވެސް މިހެން
ދިއްލިފައި ހުންނާނަމެވެ.
ތެޔޮ އަޅާނީވެސް، ފޮހެ ސާފު
ކުރާނީވެސް އަހަރެން އަމިއްލައަށެވެ.
އަހަރެންގެ ސަބަބުން އެހެން
އެތައް ބައެއްގެ ދިރިއުޅުން ރޯޝަންކޮށްފަ ނޫނީ ހުއްޓައެއް ނުލާނަމެވެ.
----------(ލިޔުނީ :
ފަތިސްތަރި / 13.06.1996)-------------


Naushan..
ReplyDeleteowsammmmmmmm <3...u are Molhu :D
U liked it a lot dho. hehehe. thanks.
DeleteKureega liyefa huri foi thakeh balamun dhanikoh 1996 ga liyefa in mi liyun fenuneema hithah ery thi kiyuntherinnaaves SHARE kollaanamey.
ReplyDeleteHope u will like it.
1996 ga liyumekey, haadhakuriyakunves mikan fashaigen thiulhunee, varah furihama liyumeh, heevee hama maazeege sofhaathah fenunuhen
ReplyDelete(Firiender)
Aaaanekey.........mee hama garunuthakeh kureessuren fashaigen ulhey kamekey. maazeege sofhaathah fenunutha? ehenvejjiyyaa v.gadha.
Deleteފިނޑިން ނިދާނީ ދޫނިފަތުގެ ތަންމަތީގައެވެ. ކަށި ތަންމައްޗަކީ ކެރޭ މީހުންގެ ތަންމައްޗެވެ. އެއީ އަހަރެންގެ މަގާމެވެ. އަހަރެން ޖެހިލުމެއް ނުވަމެވެ" E baskolhu hama obiness ingey... ethurunganduves v salhi ingey sof
ReplyDeletethank u shaair. rangalhu kan ves engeyneee buneemathaaa dho. now am happy. :)
Deletewow! nice.... so touching... aslu varah hiyvaru libey kahala liyumeh... salhi kan.... you are just great Sofa!
ReplyDeleteAwwwwwwwwwww...........thank u Marsha. thank u. am so glad u liked it.
DeleteLove this, you just spelled all my emotions right in to this piece of writing. Love it so much and I do second that. Keep it up and be blessed.
ReplyDeletedho...? hehehe...........im glad u liked it that much. thanks for your wonderful prayer
DeleteLove this, you have spilled all my emotions into this piece of writing. I could not have done any better. I second that. Keep it up and be blessed.
ReplyDeleteMi v vahtharuge binmaaage '' ekaniveri hithehge shakuvaa'' e vaahakayaa... ahannah v reethi vaahaka eh aee... mi ves v reethi...:) thee binmaaage bodu fan eh dho... :)
ReplyDeleteJust loved it.. obiness to the maxx igey 😃😃😃😃
ReplyDelete