ތިބާއަށްޓަކައި މިވާ ޤުރުބާނީ...!!!
ގުރުބާނީއަކީ ފެންނަ އެއްޗެއް ނޫނެވެ.
ގުރުބާނީ އަކީ އަތްލެވޭ އެއްޗެއް ނޫނެވެ.
ގުރުބާނީ އަކީ ނަގާ އުފުލޭ އެއްޗެއްވެސް ނޫނެވެ.
ގުރުބާނީ އަކީ، މި ވަނީ ގުރުބާނީއެކޭ ނުބުނެ، އަމިއްލަ އިޚްތިޔާރުގަ ދޫކޮށްލާ
އުފަލެވެ.
ގުރުބާނީ އަކީ، މިވަނީ ގުރުބާނީއޭ ނުބުނެ، އަމިއްލަ އިޚްތިޔާރުގައި ހިތް
ކަތިލުމެވެ.
ގުރުބާނީ އަކީ، މިވަނީ ގުރުބާނީއެކޭ ނުބުނެ، ކަރުނައާއެކު ހިނިތުންވެ
ހުރުމެވެ.
ގުރުބާނީ އަކީ، މިވަނީ ގުރުބާނީ އެކޭ ނުބުނެ، ތިމާގެ ސަބަބުން އަނެކާގެ
އުފަލަށް ހުރަސް އެޅޭކަމަށް އަނެކާ ބުނާ ދުވަހުން ފެށިގެން އެބުނި މީހާގެ
އުފަލަށްޓަކައި ތިމާ އެއްފަރާތް ވުމެވެ.
ރޮމުން ގިސްލަމުން ވިޔަސް ވެހެވެ.
އެކަމަކުވެސް ބުނަން ހެއްޔެވެ؟
ތިއީ އަހަރެން ވަރަށް ލޯބިވާ އިންސާނެކެވެ.
ދެގޮތެއް ނުވެ ހެޔޮ އެދެވޭ މިތުރެކެވެ.
އެކުގައި ގުޅިގެން އުޅުމަށް އަބަދުވެސް އެދެވޭ އުޚުތެކެވެ.
އެހެނަސް.......
އާހް.........
ހަނދާންތަކުން އެކަނިވެރިކަން ފިލުވަމުން ތިބާ ނެތް ތަނެއްގައި އުޅެމުން އެބަ
ގެންދަމެވެ.
ކޮންމެވެސް ގޮތަކަށެވެ.
ކޮންމެވެސް ތާކުއެވެ.
ކޮންމެވެސް ޙާލެއްގައެވެ.
ކޮންމެވެސް ގޮތަކަށެވެ.
ކޮންމެވެސް ތާކުއެވެ.
ކޮންމެވެސް ޙާލެއްގައެވެ.
މިއަށްވުރެ ބޮޑު އެހެން ގުރުބާނީއެއް ވަކި ކޮބައިތޯއެވެ؟
=އައިޝަތު ޞަފާ ޢަލީ / ސ.ހިތަދޫ=


