އަހަރެންގެ ލިޔުންތައް ކިޔުންތެރިންނާ ޙިއްޞާކޮށްލަނީ ޝައުޤުވެރިވާނެ ކަމުގެ އުއްމީދުގައެވެ.
Monday, May 28, 2012
Sunday, May 27, 2012
Hageegee Kula
ޙަޔާތުގެ
ކޮންމެ ޞަފްޙާއަކީވެސް ޢިބްރަތެކެވެ.
ކޮންމެ
ވާހަކައަކީވެސް ކޮންމެވެސް އަޞްލެކެވެ.
އިންސާނާ
ގުނާ ކޮންމެ ހިނދުކޮޅަކީ ފިލާވަޅެކެވެ.
ކިޔާމީހާއެވެ.
ޢިބްރަތެއް ލިބިގަންނާށެވެ.
ބައެއް
އިހްސާސްތައް ފަހުމްވުމުން ކިހާ ވޭން ދޭހެއްޔެވެ.
އުމުރުގެ
ފަހަތަށް ދިއުމުން ފަސް އެނބުރި ބަލާލާށެވެ.
އެހެން
މީހުންގެ ދިރިއުޅުމަށް ބަދަލެއް ގެނެވިފައި އެބަވޭތޯއެވެ.
ކިޔާމީހާއެވެ.
ޢިބްރަތެއް ލިބިގަންނާށެވެ.
Thursday, April 12, 2012
Iy'yege Ihsaaas
މިއަދަކީ މިއީ އަހަރެންގެ އެންމެ ފަހު
ދުވަސް ކަންނޭނގެއެވެ. ނުވަތަ މި ދުނިޔޭގެ އެންމެ ފަހު ދުވަސް ކަންނޭނގެއެވެ.
ހަނދާންވިއެވެ....
އުޅޭ ރަށާ އެތަކެއް މޭލު ދުރުގައި އޮތް
އައްޑުއަތޮޅުގައި ތިބި ޢާއިލާ މީހުން މަތިންނެވެ. ޚާއްޞަކޮށް ވީތަނެއް ނޭނގިފައިވާ
އަހަރެންގެ އަންހެން ކޮއްކޮގެ މަތިންނެވެ.
Saturday, March 10, 2012
Hiyaneege Liyun - 1
ހިޔަނި:
ވާހަކައެއް ކިޔައިދެންހެއްޔެވެ. ކުރުކުރު ވާހަކައެކެވެ.
ހިޔަނީގެ އެކުވެރިން:
ހޫމް...އަވަހަށް ކިޔައިދޭށެވެ.
ހިޔަނި:
ވަރަށް ފަގީރު ނިކަމެތި އަންހެން ކުއްޖެއް އުޅުނެވެ.
އެއީ އަހަރެން ދަންނަ ކުއްޖެކެވެ.
އޭނަ އުޅުނު ހިސާބުގައި އޭނަގެ އަވަށްޓެރިންގެ ގޮތުގައި
އުޅުނީ ރަސްރަސްކަލުންތަކެއްފަދަ އާއިލާތަކެވެ.
ވަރަށް މުއްސަންޖެވެ. އެހާމެ ހައިބަތު ބޮޑެވެ.
އެތަނުން މުއްސަންޖަކާ ކައިވެނި ކޮށްގެން އުޅުނު
އަންހެންކުއްޖެއް އުޅުނެވެ.
މި ކުއްޖާގެ ކޮންމެ ދުވަހަކުގެ އާދައިގެ މަތިން، އެގޭގެ
ޓެރަސްގައި އަރާމުކޮށްލަން އޮވެއެވެ.
ކުރާނެ އެހެން އެއްވެސް ކަމެއް ނެތީމަ ގިނަ ވަގުތު
އޮންނަނީ އަރާމު ކުރާށެވެ.
މިހެން އޮންނަ އޮތުމުގައި ކޮންމެ ދުވަހަކުވެސް މި ފެންނަނީ
އެއްކަލަ މި ބުނި ފަގީރު އަންހެން ކުއްޖާއެވެ.
ގޭތެރޭގައި އެ ޖިފުޓި ގަނޑުގައި ވަރަށް މަސައްކަތް
ކުރާތަނެވެ.
ކޮންމެއަކަސް މި ރާނީ އެ ފަގީރު އަންހެން ކުއްޖާ ކުރާ ބުރަ
މަސައްކަތް ފެނި ކޮންމެ ދުވަހަކުހެން ބަލާ ހިތް ވެއްޖެއެވެ.
ރާނީ ގެ ކޮންމެ އަތަކަށް ފަޔަކަށް ކަންކަން ކޮށްދޭނެ
މީހުން ހުރެއެވެ.
ރާނީ އެ ފަގީރު ކުއްޖާ ކުރާ މަސައްކަތް ބަލާ ބަލާ
ގަޔާވެއްޖެއެވެ.
އެ ކުއްޖާ ކުރާ ގޮތަށް ގޭގެ ނޯކަރުން ލައްވާ މަސައްކަތް
ކުރުވަން ބޭނުން ވެއްޖެއެވެ.
އެމީހުން ލައްވާ އެވަރަށް މަސައްކަތް ކުރުވައިގެން ވެސް އެ
ފަގީރު ކުއްޖާ ކުރާ ގޮތަށް ކުރެވޭނެ މީހަކު ނުވިއެވެ.
ދެން ރާނީ ބޭނުން ވެގެން ރާނީ ގެ ފިރިމީހާ އެ ކުއްޖާ އާއި
ވާހަކަ ދައްކައިފިއެވެ.
ގޭގެ ހުރިހާ ނޯކަރުންނަށް އެ މަސައްކަތް ދަސްކޮށްދޭތޯއެވެ.
ފަގީރު ކުއްޖާ އަށް މުސާރަ ވެސް ދޭން އެއްބަސްވިއެވެ.
އެގެޔަށް ކޮންމެ ދުވަހަކު ނޯކަރުން ފޮނުވައިގެން އެ ކުއްޖާ
އެކުރާ ގޮތަށް މަސައްކަތް ދަސްކުރަން ފަށައިފިއެވެ.
ސްކޫލަށް ގޮސްގެން ފިލާވަޅެއް ދަސްކުރާ އުސޫލުންނެވެ.
ހިޔަނީގެ އެކުވެރިން:
ހަގީގަތަކާއި ވައްތަރުވޭ އެބަ
ހިޔަނި:
އަޑުއަހާށެވެ.
މަސައްކަތް ދަސްކޮށް ނިމިގެން ރާނީގެ އަރިހަށް ނޯކަރުން
ގޮސް އެ ކުއްޖާ ދަސްކޮށް ދިން ގޮތަށް ކުރަން ފަށައިފިއެވެ.
ރާނީ ހިތްހަމައެއް ނުޖެހުނެވެ.
ރާނީ ހިތަށް އަރައިފިއެވެ.
އަދި މި މީހުނަށް ދަސްކޮށްދިނީ ރަނގަޅަށްތޯ ބަލާނަމެވެ.
އެހެން ހިތާ ސިއްރުން އަނެއްކާ އެކުއްޖާ އެ ކުރާ މަސައްކަތް
ބަލަން ފަށައިފިއެވެ.
ހިޔަނީގެ އެކުވެރިން:
ބަލަން ފެށީމަ ކިހިނެއްވީ؟
އެ ނިމުނީތަ ؟
ހިޔަނި:
ހިތާމަޔަކީ.....
އަދި އަދަށްވެސް ރާނީގެ ހިތެއް ނުފުރޭ ކަމެވެ.
އެކަމަކު އެއްކަލަ ފަގީރު ކުއްޖާ ގެންގުޅުނު ރިވެތި
އުސޫލުން އެ ކުއްޖާ މުއްސަނދި ވެ،
މޮޅުކޮށް ކިޔަވާ އެތައް ކަމެއް ކާމިޔާބު ކޮށްފިއެވެ.
ރާނީ އެހެން ބަލަ ބަލާ އިންދައެވެ.
ކޮންމެ މީހަކީވެސް އެމީހެއްގެ ޒާތުގަ ތަފާތު މީހެކެވެ.
ފަގީރު ކުއްޖާ އެ ކުރާ ގޮތަށް ހަމަ އެހެން ލައިން އަކަށް
ލައިން ނޯކަރުން ނާޅަފާނެ ދޯއެވެ.
ނޯކަރުންވެސް ކުރާނީ ދަސްކޮށްދިން ގޮތަށް ނޫންހެއްޔެވެ.
އެކަމަކު ރާނީއަށް ހުރީ ފާޑެއްގެ ބައްޔެއް ޖެހިފައެވެ.
ބައްޔެކޭ މިބުނީ ....
ރާނީ ނޫން މީހަކަށް ކަމެއް ރަނގަޅަށް ކުރެވިދާނެ ކަމަށް
ރާނީއަށް ގަބޫލު ނުކުރެވެއެވެ.
އަނެކާއަށް އޭނައަށް ވުރެ ކުޑަ މިންވަރަކަށް ވެސް ކަމެއްގެ
ރަނގަޅު ގޮތް އެނގިދާނެ ކަމަށް
ނުވަތަ މޮޅުވެދާނެ ކަމަށް ރާނީއަށް ގަބޫލު ނުކުރެވެއެވެ.
ހިޔަނީގެ އެކުވެރިން:
"ތިޔަ ރާނީ ދުވަހަކުވެސް ތި ނޫން ވަރެއް ވެދާނެ ބާ"
ހިޔަނި:
ކޮންމެ މީހެއްގެ ވިސްނުމުގަ އަދި ގެންގުޅޭ އުސޫލުގަ
އަނެކާއާއި އަޅާކިޔާ އިރު އެތައް ގިނަގުނަ ޖަވާހިރުތަކެއް ފޮރުވިފަ ވާނެއެވެ.
އެއީ ދުރުގަ ހުންނަ މީހާއަށް އެނގޭނެ ކަމެއް ނޫނެވެ.
ހިޔަނީގެ އެކުވެރިން:
"ރާނީއަކަށް ނުވޭނު އެ ނޫން ވަރެއް"
"ރާނީ ތިޔަ ވަނީ ބަލިމަޑުކަމެއް ކުރިމަތިވެފަ ނޫންބާ؟"
ހަސަދަ ލައިގެން އަނެކާއަށް ވުރެ މޮޅު ވެވޭތޯ އެގޮތަށް
އުޅުމުން ނެތް އެއްވެސް ފައިދާއެއް ނެތެވެ.
އޭގެ ބަދަލުގަ ތިމާއަށް ދެއްވާފަ ހުރި ނިޢުމަތްތަކުގެ
ބޭނުން ރަނގަޅު ގޮތުގައި ކުރަންވީއެވެ.
މުހިއްމު ކަމަކީ އެއީއެވެ.
ހިޔަނީގެ އެކުވެރިން:
"ތީ ސްނޯވ ވައިޓް ވާހަކަތަ؟
ސްނޯވައިޓް ގަ އުޅޭ ދޮން މަންމަ ވެސް ހަމަ ތިހެން އުޅުނީ
"މިރަރ މިރަރ ހޫ އިޒް ދަ މޯސްޓް ބިއުޓިފުލް އިން ދިސް
ވޯލްޑް
އެކަމަކު ވީ ގޮތަކީ އެމީހާގެ ހިތުގައި އިންސާނިއްޔަތުކަން
އޕޮތީމަ އެމީހާއަށް ނުކެރުނު ސްނޯވައިޓް މަރަން
ހިޔަނި:
އަޑުއަހާށެވެ.
މީގެ އެންމެ މުހިއްމު ރޯލެއް ކުޅެނީ ކޯޗެއްކަން
ތިޔަކުދިންނަށް އެބަ އެނގޭހެއްޔެވެ؟
ތިމާގެ އަމިއްލަ ނަފްސަށް އެކުރެވޭ އިތުބާރެވެ.
ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް ފަގީރު ކުއްޖާ
ނުގުޑައެއްނޫންހެއްޔެވެ؟
އޭނަ އެކުރާ ކަމެއް އެ ކުރަނީ ރަނގަޅަށްކަން އޭނައަށް
އެނގެއެވެ.
ރާނީ ކިތަންމެ ކަންކަން ބަލާ ފާސް ކުރިޔަސްވެހެވެ.
********(ނިމުނީ)********
އަހުރެން ބަލިވެއްޖެ....!!!
އަދު އަހުރެން ބަލިވެއްޖެއެވެ.
ތަދު ހިތް ކަތިލެވިއްޖެއެވެ.
އެތަކެއް ދުވަސް ކުރިއެވެ.
ހިތަކަށް ވާހަކަ ދެކެވުނެވެ.
ފަހަކަށް ބުނާނެ ބަހެއް ނެތެވެ.
އަތަކަށް ނުދީލާނެކަން ގައިމުވިއެވެ.
އެހެނަސް އެއީ އެތަކެއްދުވަސް ކުރިއެވެ.
ވީގޮތެއް ނޭނގުނެވެ.
ވީތަނެއް ނޭނގުނެވެ.
ވީހިސާބެއް ނޭނގުނެވެ.
ވީ ތަދެއްގެ ބޮޑުކަމާއެވެ.
އެހެނަސް އެއީ އެތަކެއް ދުވަސް ކުރިއެވެ.
ފެށިދަތުރު މަގު އޮޅިއްޖެއެވެ.
ނެށި މިހިތް ކަކުލަށް ތިރިވިއެވެ.
ކޮށި ހަށިން ފުރާނަ ދޫވި ކަހަލައެވެ.
ހިތަކުން އެ ހަނދާނެއް ނުފިލިއެވެ.
އެހެނަސް އެއީ އެތަކެއް ދުވަސް ކުރިއެވެ.
އަދު މަށާ ގުޅިއްޖެއެވެ.
އަދު މަށަށް އެނގިއްޖެއެވެ.
ބަދަ ނިތުން ރޫ ފިލައްޖެއވެ.
ރެނދު ހިތުން ވޭން ކެނޑިއްޖެއެވެ.
އެހެނަސް އެއީ ހިނދު ކޮޅެކެވެ.
ވާނުވާ އެއް ނޭނގުނެވެ.
ޒާތަތަކަށް ދެފިކުރު އެޅިއްޖެއެވެ.
ހާދަ ހިތަކަށް ދަތި ވެއެވެ.
ރާހަތެއް ކުރޭ ބާވައެވެ.
އަދު އަހުރެން ބަލިވެއްޖެއެވެ.
ތަދު ހިތް ކަތިލެވިއްޖެއެވެ.
--އަހަރެންނަށްޓަކައި މި ލިޔުން ލިޔުނު ޒުވާނާއަށްޓަކައި މި ހިތުގައި އަބަދުވެސް ހެޔޮ ދުޢާ ވާނެއެވެ. ----
ހިތަކަށް ވާހަކަ ދެކެވުނެވެ.
ފަހަކަށް ބުނާނެ ބަހެއް ނެތެވެ.
އަތަކަށް ނުދީލާނެކަން ގައިމުވިއެވެ.
އެހެނަސް އެއީ އެތަކެއްދުވަސް ކުރިއެވެ.
ވީގޮތެއް ނޭނގުނެވެ.
ވީތަނެއް ނޭނގުނެވެ.
ވީހިސާބެއް ނޭނގުނެވެ.
ވީ ތަދެއްގެ ބޮޑުކަމާއެވެ.
އެހެނަސް އެއީ އެތަކެއް ދުވަސް ކުރިއެވެ.
ފެށިދަތުރު މަގު އޮޅިއްޖެއެވެ.
ނެށި މިހިތް ކަކުލަށް ތިރިވިއެވެ.
ކޮށި ހަށިން ފުރާނަ ދޫވި ކަހަލައެވެ.
ހިތަކުން އެ ހަނދާނެއް ނުފިލިއެވެ.
އެހެނަސް އެއީ އެތަކެއް ދުވަސް ކުރިއެވެ.
އަދު މަށާ ގުޅިއްޖެއެވެ.
އަދު މަށަށް އެނގިއްޖެއެވެ.
ބަދަ ނިތުން ރޫ ފިލައްޖެއވެ.
ރެނދު ހިތުން ވޭން ކެނޑިއްޖެއެވެ.
އެހެނަސް އެއީ ހިނދު ކޮޅެކެވެ.
ވާނުވާ އެއް ނޭނގުނެވެ.
ޒާތަތަކަށް ދެފިކުރު އެޅިއްޖެއެވެ.
ހާދަ ހިތަކަށް ދަތި ވެއެވެ.
ރާހަތެއް ކުރޭ ބާވައެވެ.
އަދު އަހުރެން ބަލިވެއްޖެއެވެ.
ތަދު ހިތް ކަތިލެވިއްޖެއެވެ.
--އަހަރެންނަށްޓަކައި މި ލިޔުން ލިޔުނު ޒުވާނާއަށްޓަކައި މި ހިތުގައި އަބަދުވެސް ހެޔޮ ދުޢާ ވާނެއެވެ. ----
Subscribe to:
Posts (Atom)







