ލޯބިވާ
އެކުވެރިޔާއެވެ.
އާ
ދުވަހަކަށް އިރު އަރައިފިއެވެ. ލޯހުޅުވާލާށެވެ.
މިއަދު
މިއީ އެ ޚާއްޞަ ދުވަހެވެ.
ވަގުތަކީ
ގިނަ ފަހަރު އިޢުލާންކުރުމަކާ ނުލާ އަންނަ އެއްޗެއް ކަމަށްވިޔަސް،
މިއަދުގެ
މިވަގުތު އަންނާނެކަން އެކުވެރިޔާއަށް އޮތީ އެނގިފަ ނޫންހެއްޔެވެ.
އެއީ ނަސީބު
ކަމުގައި ދެކޭށެވެ.
ހިނިތުންވެލާށެވެ.
ލޯބިވާ
އެކުވެރިޔާއެވެ.
ބަރު
ބުރަހެލި ކަމާއެކު ނުވަމަސް ހޭދަކޮށްފީމު ނޫންހެއްޔެވެ؟
އެކަމަކު
އެއީ ބަލާމީހުންގެ ލޮލަށެވެ.
ތިބާހުރީ
ހުރިހާ އިރެއްގަވެސް ހިނިތުންވެއެވެ. އަލަތު ކޮންމެ މަންމައެއްފަދައިންނެވެ.
ދުޅަވެ
އަރާފައި ހުރި ފައިތިލައަކާއެކު ކިތަކެއް ހިނގުން ހިނގައިފީމު ހެއްޔެވެ؟
އެކަމަކު
އެކަމާވެސް ތިބާ އެހާ ކަންބޮޑެއް ނުވެއެވެ.
ތިބާ
ހުރީ ހުރިހާ އިރެއްގައިވެސް ހިނިތުންވެއެވެ. ދަރިފުޅަށްޓަކައި ހިނގަންވެސް ޖެހެއޭ
ބުނަމުންނެވެ.
އެއީ
ޙަގީގަތުގައިވެސް ތިބާގެ ޢަޤީދާކަމާމެދު އަހަރެންގެ ޝައްކެއް ނެތެވެ.
ހިނިތުންވެލާށެވެ.
ލޯބިވާ
އެކުވެރިޔާއެވެ.
އަހަރެން
ދުށީމެވެ.
ލޮލުންވެސް
ނުދެކޭ ތުއްތު ދަރިފުޅަށްޓަކައި ކުދިކުދި ސާމާނުގަނެ،
ތައްޔާރުވުމަށްޓަކައި
ތިބާ ފޫގަޅައިގެންހުރީ ތަދެއްގެ އިހްސާސްވެސް ނުކޮށެވެ.
އެހެނަސް.....އެއިން
ކޮންމެ ކަމެއްވެސް ތިބާ ކުރީ މެދުމިންވަރަށެވެ.
ދުނިޔޭގެ
ދެއްކުންތެރިކަމަށް އިސްކަން ދިނުމުގެ ބަދަލުގައި،
ތިބާ
ތައްޔާރުވީ އަލަތު ދަރިފުޅުގެ ފުރަތަމަ ދުވަހަށްޓަކައި އެކަންޏޭވެސް ހީވާހާ
ވެއެވެ.
އެހާވެސް
ތިބާގެ ހިތް ތިރިއެވެ.
ހިނިތުންވެލާށެވެ.
ލޯބިވާ
އެކުވެރިޔާއެވެ.
ތައްޔާރުވެލާށެވެ.
ފެންވަރާ
ރީތި ވެލާށެވެ. ތުއްތު ތުއްތު އާ މެހްމާނާއި ބައްދަލުކުރުމަށް ފެށޭ
ދަތުރަށްޓަކައެވެ.
އެންމެ
ހިތްގައިމު ސެންޓުން ސެންޓް ޖަހާލާށެވެ.
ހިތާއި
ރޫޙުގައި ތި ދައުރުކުރާ އުފާވެރިކަމާ އެއްވަރަށް ފަރިވެލާށެވެ.
ދެ
ރަކްޢަތް ނަމާދެއް ކޮށްލާށެވެ.
ﷲ އަށް
ޝުކުރުވެރި ވުމުގެ ގޮތުންނެވެ. ލެއްވި ހެޔޮ ނަޞީބާ ރަޙްމަތަށް ޓަކައި
ޙަމްދުކުރުމުގެ ގޮތުންނެވެ.
ހިނިތުންވެލާށެވެ.
ލޯބިވާ
އެކުވެރިޔާއެވެ.
މިއަދު
މިއީ އެ ޚާއްޞަ ދުވަހެވެ.
އަލަތު
ދަރިފުޅުގެ ތުއްތު ތުއްތު ހަށިގަނޑު ހިފަހައްޓާލުމަށް އެދިއެދި ހުރި ތި ދެއަތުން
ބަނޑުގަ ފިރުމާލަބަލާށެވެ.
އުފާކުރާށެވެ.
އެ ދަރިފުޅު އުރާލާ ލޯބިކޮށްލާހިތުން މަންމަ ހުރިވަރު އެ ދަރިފުޅަށްވެސް
އެނގޭނެއެވެ.
އެ
ދަރިފުޅު ދެކޭހިތުން ހުރި ބައްޕައަކީ އޯގާތެރި، ހެޔޮ ލަފާ ބައްޕައަކަށް ވާނޭ
ކަމުގެ ޔަގީންކަން އެބައޮތެވެ.
ހިނިތުންވެލާށެވެ.
ލޯބިވާ
އެކުވެރިޔާއެވެ.
މިއަދު
މިއީ އެ ޚާއްޞަ ދުވަހެވެ.
ﷲގެ
ރަޙްމަތުގެ މަތިވެރިކަން ހިތަށް ގެންނަމުން،
އެކަލާނގެ
ބަރަކާތާއެކު ފުރަތަމަ ފިޔަވަޅު އަޅައި ގެއިން ނުކުންނާށެވެ.
ތިބާއަކީ
ނަސީބުވެރިއެއްކަމުގައި ނޫނީ ނުދެކެމެވެ.
ހިނިތުންވެލާށެވެ.
"ހެޔޮ
ޙާލުގައި ދެމައިންވެސް ލައްވައި، ވިހެއުމުގެ ވޭނަކީ ބުރައެއްކަމުގައި
ނުޖައްސަވައި،
ތިބާއަށްޓަކައި
އެއީ ރަޙްމަތެއް ކަމުގައި ލައްވަވާނދޭވެ.
ތުއްތު
ދަރިފުޅު މި ދުނިޔެއަށް ލާ ފުރަތަމަ ނޭވާއާއެކު،
އަލަތު
މަންމައެއް އުފަންވުމުގެ ޝަރަފުން ތިބާއަށް ޝަރަފު ދެއްވާނދޭވެ.
އެދަރިފުޅުގެ
ފުރަތަމަ ރޯލުމާއެކު، އެ ދަރިފުޅުގެ ބައްޕަގެ ހިތް ލޯތްބާއި ފަޚުރުން
ފުރާލަދެއްވާނދޭވެ.
އެ
ދަރިފުޅާއިއެކު އަލަތު މަންމައަކަށްވި އަހަރެންގެ ލޯބިވާ އެކުވެރިޔާގެ ޙަޔާތަށް
އަބަދުގެ އަބަދަށްވެސް އުޖާލާ ކަމާއި، ފާގަތި ކަމާއި ހެޔޮ ނަސީބާއެކު، ބަރަކާތް
ލައްވާނދޭވެ.
ތިބާގެ
ޢާއިލާއަށް ފުރިހަމަކަން ދެއްވައި،
ލޯބީގެ
މީރުވަހުން އަތަރު ލެވިފައިވާ ގުލްޝަނެއްގައި ތިބާގެ ޢާއިލާ ، ހެޔޮ ޙާލުގައި
ލަހައްޓަވާނދޭވެ."
މިއީ
މި އެކުވެރިޔާގެ ފަރާތުން ތިބާއަށްޓަކައި ކުރެވޭ ހެޔޮ ދުޢާއެވެ. މި ހިތުގެ
އިލްތިޖާއެވެ.
ލޯބިވާ
ރަޙްމަތްތެރިޔާއެވެ.
މިއަދު
މިއީ އެ ޚާއްޞަ ދުވަހެވެ. ހިނގައިގަންނާށެވެ.
ލޯބިވާ
ފިރިމީހާ އާއި ޢާއިލާގެ ފަރާތުން އައިސް ތިބި މެމްބަރުންނާއެކު އުފަލުން
ހިނިތުންވެ ހުންނާށެވެ.
އެތަކެއް
ހާސް ރަޙްމަތްތެރިންގެ ތެރެއިންވެސް،
ތިބާއާއެކު
މިވަގުތު ހުރެވުމުގެ ނަސީބު އަހަރެންނަށް ދެއްވި ކަލާނގެއަށް ޝުކުރު ކުރަމުން
އަހަރެންވެސް ތިބާއާއެކު އެބަ ދަމެވެ.
ރަޙްމަތްތެރިއެއްގެ
އެހީއަކަށް ބޭނުންނަމަ، ގޮވާލާށެވެ. އެބަހުރީމެވެ.
ވަރަށް
ކައިރީގައެވެ. ގޮވާލި ކޮންމެ ހިނދެއްގައިވެސް އިރާދަކުރެއްވިއްޔާ ދާނަމެވެ.
ލޯބިވާ
ރަޙްމަތްތެރިޔާއެވެ.
އުފާކޮށް
ޝުކުރު ކުރަމުން ފިޔަވަޅު އުފުލާށެވެ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ވާނީ
ރަނގަޅަށެވެ.
އެއްގޮތަކަށްވެސް ބިރު ނުގަންނައްޗެވެ. ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުގައެވެ.
އެއްގޮތަކަށްވެސް ބިރު ނުގަންނައްޗެވެ. ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުގައެވެ.
ހިނިތުންވެ
އަބަދުމެ ހުންނާށެވެ.
---------------------------ލިޔުނީ : ޞޮފާ (ފަތިސްތަރި) 28.05.2012---------------------------


nau : wow..so touching and so much love and care in it...no doubt that thsi wud releiv her pain and give her comfor..give her company..sure she wud be touched...u are the bestest..she is so lucky to have a sweet friend like yu
ReplyDeleteMar Sha, Shareefa Ahmed, Mariyam Majdha and 8 others like this.
ReplyDeleteNOwshan IbrahIm dats sweet and so maternal love.:)...may Brave mommy be blessed and make the whole thing easy and safe for her...may the lil cute baby be blessed with best of health...aameen
May 28 at 2:14pm · Unlike · 1
NOwshan IbrahIm wow..so touching and so much love and care in it...no doubt that this wud relive her pain and give her comfort..give her company..sure she wud be touched...u are the bestest Fathis Thari :)..she is lucky to have yu as her friend :)
May 28 at 2:28pm · Unlike · 1
Elder Flower meenee hama anga hulhuvifa bunaa ney achey ves neygifa . Varah varah reethi.
May 28 at 4:01pm · Unlike · 1
Shaxx Aminn wow......salhi ingey.....hama obinoave.....sofff ge pregnant friend ah ALLAH heyo rahmai lavva dhemain ves heyo haalugaa lavvaashi.....aameeen.....
May 30 at 8:56am · Unlike · 1
Fathis Thari Thank u Shaxx Aminn.... :)
May 30 at 8:57am · Like
Fathis Thari Thank u NOwshan IbrahIm....for the prayers and for the sweet words :) and thank u Elder Flower for ur compliments :)
May 30 at 9:10am · Like · 1
راضية أحمد ALLAH heyo rahmai lavva dhemain ves heyo haalugaa lavvaashi.....aameeen..... kehtherikan dhevaashi aamin
May 31 at 11:52am · Like
Naaz : woow...this is really a nice one....meethi kiyaalaafa ufalunves rovijje....thank you fathis thari...:)
ReplyDelete